ކަނބަލުން
ރެހެންދި އެވޯޑު
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރެހެންދި އެވޯޑު ދެމުންދޭ.
އިތުރަށް ކިޔާލުމަށް

ފަށާ މަދަދު ލޯން ސްކީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށްޓަކައި 100 މިލިއަން ރުފިޔާގެ ޚާއްޞަ ލޯނު އަދި ލީސިންގ ފައިނޭންސް ފެސިލިޓީއެއް ތަޢާރަފުކުރައްވާފައެވެ. މިއީ 5 އަހަރު ދުވަހަށް ބަހާ ލައިގެން އެސް.ޑީ.އެފް.ސީން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ލޯނެކެވެ.
އިތުރަށް ކިޔާލުމަށް

ހަމަހަމަކަން ކަށަވަރު
"ހަމަހަމަކަން ކަށަވަރު" ނިޝާނަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން، ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނިޒާމެކެވެ.
އިތުރަށް ކިޔާލުމަށް

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން
ވަނަ އަހަރު ތަސްދީޤުކުރެވިފައިވާ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލެވުނު ޤައުމީ ޖެންޑަރ އީކުއަލިޓީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއި އެކު ތައްޔާރުކުރެވިފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއަކީ މިންތީގެ ހަމަހަމަ ކަމާއި، ހަމަހަމަ ފުރުސަތުތަކާއި އަދުލުވެރިކަން އެންމެނަށް ފޯރުކޮށްދީ ކަށަވަރުކޮށްދޭ މުޖުތަމައެއް ބިނާކުރުމަށް ތަސައްވަރުކޮށް، 2022 ވަނަ އަހަރުން 2026 ވަނަ އަހަރަށް އެކުލަވާލެވިފައިވާ 5 އަހަރު ދުވަހުގެ އެކްޝަން ޕްލޭނެކެވެ.
އިތުރަށް ކިޔާލުމަށް



