ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދާދިނުން
އަޅުގަނޑުމެންގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ. މިގޮތުން، އަޅުގަނޑުމެން ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު ޤާއިމްކޮށް ބަލަހައްޓައި، އެފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓްތަކާއި ވަޒީފާގެ ޕްރޮފައިލްތައް ތައްޔާރުކުރަމެވެ. އަދި ވަޒީފާގެ މާޙައުލުގައި ކާމިޔާބުވުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއެކު، ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކާ ގުޅިގެން ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކުރަމެވެ. މީގެއިތުރުން، ވަޒީފާދޭ ފަރާތްތަކަށް ނުކުޅެދުންތެރިކަމާ ގުޅޭގޮތުން އަހުލުވެރިކުރުމަށް 'އިންކްލޫސިވިޓީ ޓްރެއިނިންގ' ޕްރޮގްރާމްތައް ހިންގައި، ހުރިހާ ފަރާތަކަށްވެސް ހަމަހަމަ މާޙައުލެއް ޤާއިމްކުރުމަށް އެހީތެރިވަމެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ފިޔަވަޅުތައް
1
އެމްޕްލޯއިމަންޓް ރަޖިސްޓްރީގައި ލިސްޓު ކުރުން
- ވަޒީފާ ހޯދުމަށް ރިކުއެސްޓު ކޮށްފައިވާ ފަރާތުގެ މަޢުލޫމާތު ހޯދުމަށް އެފަރާތަށް ގުޅުން
- ލިބޭ މަޢުލޫމާތު އެމްޕްލޯއިމަންޓް ރަޖިސްޓްރީގައި އެކުލަވާލުން
2
ވަރކް ފަންކްޝަނަލް އެސެސްމަންޓު ހެދުން
- މި އެސެސްމަންޓު ހެދެނީ ވަޒީފާއަށް ރިކުއެސްޓު ކޮށްފައިވާ ފަރާތްތައް މިނިސްޓްރީ އަށް އައިސް، އޮންލައިންކޮށް، ފޯނުން ނުވަތަ ހޯމް ވިސިޓް ކޮށްގެން.
- އެސެސްމަންޓުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތް ހާސިލްކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި، ޚާއްސަ ހުނަރުތަކާއި، ވަޒީފާގައި ސަބަބުވެރި ބަދަލެއް ބޭނުންވާނަމަ އެކަންކަން ފާހަގަކޮށް މަޢުލޫމާތު އެއްކުރުން. މީގެ އިތުރުން މީހާގެ އިޖްތިމާއީ ޙާލަތުވެސް މި އެސެސްމެންޓުން ވަޒަން ކުރެވޭ.
- ވަރކް ފަންކްޝަނަލް އެސެސްމަންޓަށް ބިނާކޮށް ވަޒީފާ ބޭނުންވާ ފަރާތުގެ ޖޮބް ޕްރޮފައިލް ހެދުން.
- ވަރކް ފަންކްޝަނަލް އެސެސްމަންޓަށް ބިނާކޮށް ފާހަގަ ކުރެވޭ ފަރާތްތައް އެން.ޖީ.އޯތަކާއި ގުޅުވުން.
3
ވަޒީފާއަށް އެދޭ ފަރާތަށް އެންމެ އެކަށޭން ރޫޓު ފާހަގަ ކުރުން
ކެޓަގަރައިޒް ކުރުމުގައި ބޭނުންކުރާ ރޫޓުތައް: ޖޮބް ރެޑިނަސް ޕްރޮގްރާމް، ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމް، އިންޓާންޝިޕް ފުރުޞަތު އަދި ވަޒީފާ
4
ވަޒީފާދޭ ފަރާތްތައް ދެނެގަތުން
- ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަޒީފާގެ ފުރުސަތުދޭ ސަރުކާރު އަދި އަމިއްލަ ކުންފުނިތައް ދެނެގަތުން
- ސައިޓްތަކަށް ޒިޔާރަތްކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް މަޝްވަރާކުރުން
- ވަޒީފާގެ ފުރުސަތު ހުރި ތަންތަނަށް އެކަށޭނެ ވަޒީފާ ހޯދާ ފަރާތްތަކުގެ ޖޮބް ޕްރޮފައިލް އަދި ސީވީ ހުށަހެޅުން (ޖޮބް-މެޗިންގް)
5
ވަޒީފާއަށް ނުކުތުމާއި މޮނިޓަރިން
- ވަޒީފާއަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ އިންޓަރވިއު މަރުހަލާގައި، ބޭނުންވާ ޙާލަތްތަކުގައި، އެހީތެރިކަން ފޯރުކޮށްދިނުން
- ދެފަރާތުން އެދޭ ގޮތެއްގެ މަތިން އެކަމަޑޭޝަން ބޭނުންވާ ފަރާތްތަކަށް އެކަމަޑޭޝަން ހަމަޖެއްސުމާއި މެދު މަޝްވަރާ ކުރުމުގައި އެހީތެރިވެދިނުން
- ވަޒީފާ އަދާ ކުރަން ފެށުމުން މޮނިޓަރިން ކުރިއަށް ގެންދިޔައުން
- ވަޒީފާދޭ ފަރާތައް ބޭނުންވާ ތަމްރީނުތަކާއި އެވެއަރނެސް ސެޝަންތައް ކުރިއަށް ގެންދިޔައުން


