އިސްރަށްވެހިންގެ ނާދީ
އިސްރަށްވެހިންގެ ނާދީއަކީ ދިވެހި އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ޚާއްޞަކުރެވިގެން ޤާއިމްކުރެވިފައިވާ މަރުކަޒެކެވެ. މި މަރުކަޒުގެ މައިގަނޑު މަޤްޞަދަކީ އިސްރަށްވެހިންގެ ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.
ނާދީގައި ދެމުންގެންދާ ޚިދުމަތްތައް
- ޞިއްޙީ ޚިދުމަތްތައް
- ލުއި ކަސްރަތު ޕްރޮގްރާމްތައް
- ހެލްތު ސްކްރީނިންގ
- ޞިއްޙީ ހޭލުންތެރިކަމުގެ ސެޝަންތައް
- ތަމްރީނު ޕްރޮގްރާމްތައް
- މިންހެޔޮ ކާނާ ތައްޔާރުކުރުމުގެ ކްލާސްތައް
- ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް
- އޮންލައިން ރައްކާތެރިކަމުގެ މަޢުލޫމާތު ސެޝަންތައް
- އިޖުތިމާޢީ ހަރަކާތްތައް
- ކުޅިވަރު ހަރަކާތްތައް
- 'ހިއުމަން ލައިބްރަރީ' ސެޝަންތައް
- ތަޖުރިބާ ހިއްސާކުރުމުގެ ބައްދަލުވުންތައް
ނާދީގެ ގޮފިތައް
- މާލެ: ފުރަމާލޭގައި ހުންނަ މައި މަރުކަޒު
- ހުޅުމާލެ: ދެވަނަ ފިޔަވަހި ހިޔާ ސަރަޙައްދު H8
- އަތޮޅުތައް: 77 ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދޭ
އިސްރަށްވެހިންގެ ނާދީތައް އެކުލަވައިލެވިފައިވާ ތަންތަން
މާލެ އިސްރަށްވެހިންގެ ނާދީ
އަމީރު އަޙުމަދު ހިނގުން
ހުޅުމާލެ އިސްރަށްވެހިންގެ ނާދީ
ހުޅުމާލެ ހިޔާ ފްލެޓް H8، ބަހާރު ގޯޅި، ހުޅުމާލެ ފޭސް 2


