ބެޑްރިޑަން ޕްރޮގްރާމް
ބެޑްރިޑަން ޕްރޮގްރާމަކީ ކޮބާ؟
މިއީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައި، އެފަރާތްތަކަށާއި، އެފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި، އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޞިއްޙީ ވުޒާރާއާއި، މި ވުޒާރާގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.
ބެޑްރިޑަން ޕްރޮގްރާމުން ލިބޭ ޚިދުމަތްތައް
ދާންމަތި ފަރުވާ ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ތެރޭގައި ސިއްހީ އަދި އިޖްތިމާއީ ގިނަ ހިދުމަތްތަކެއް ހިމެނެއެވެ. އެގޮތުން:
ސިއްހީ ހިދުމަތްތައް
ގޭގައި ތިބެގެން ލިބޭ ސިއްހީ ފަރުވާގެ ތެރޭގައި ޑޮކްޓަރީ ބެލުމާއި، ނަރުހުންގެ ފަރުވާ އަދި ފިޒިއޮތެރަޕީ ފަދަ ހިދުމަތްތައް ހިމެނެއެވެ. މިގޮތުން ކޮންމެ ފަރާތަކަށްވެސް ހާއްސަ މެޑިކަލް ޓީމެއް ކަނޑައެޅި، އެ ޓީމުން ގަވާއިދުން ގެއަށް ޒިޔާރަތްކޮށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވޭނެއެވެ.
އިޖްތިމާއީ ހިދުމަތްތައް
ބަލިމީހާއަށް އަދި އާއިލާއަށް ބޭނުންވާ ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިންގ ހިދުމަތާއި، އިޖްތިމާއީ ހިދުމަތްތެރިންގެ އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން، އާއިލާއަށް ބޭނުންވާ ތަމްރީނާއި މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
ރަޖިސްޓަރީ ވުމުގެ މަރުހަލާތައް
ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން އަންނަނިވި މަރުހަލާތައް ފުރިހަމަކުރަންވާނެއެވެ:
1
ފޯމު ހުށަހެޅުން
ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އަންނަނިވި ލިޔެކިޔުންތަކާއެކު ހުށަހަޅަންވާނެއެވެ:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޑޮކްޓަރު ދޫކޮށްފައިވާ މެޑިކަލް ރިޕޯޓު
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯރމް
2
އެސެސްމަންޓް
އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމު ހުށަހެޅުމުން، މި ވުޒާރާއާއި ހުޅުމާލެ ހޮސްޕިޓަލް ނުވަތަ ދަމަނަވެށީގެ ފަރާތުން ކަނޑައަޅާފައިވާ ޚާއްޞަ ޓީމެއްގެ ފަރާތުން ދާންމަތިވެފައިވާ ފަރާތުގެ ހާލަތު ވަޒަންކުރުމަށް އެސެސްމެންޓެއް ތައްޔާރުކޮށް، ޕްރޮގްރާމް ތެރެއިން ޚިދުމަތް ދިނުމަށް ޝަރުޠު ފުރިހަމަވާ ފަރާތެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެންދާނެއެވެ.
3
ހިދުމަތް ފެށުން
ޝަރުތު ފުރިހަމަވާކަމަށް ކަނޑައެޅުމުން، ޕްރޮގްރާމްގައި ރަޖިސްޓަރީކޮށް، ހިދުމަތް ފޯރުކޮށްދިނުން ފެށޭނެއެވެ. ކޮންމެ ފަރާތަކަށްވެސް ހާއްސަ ކެއަރ ޕްލޭނެއް އެކުލަވާލެވި، އެ ޕްލޭނާ އެއްގޮތަށް ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.


