މައި ކޮންޓެންޓަށް ދޭ
Ministry of Social and Family Development Logo
ޤާނޫނުތަކާއި ޤަވާއިދުތައް

ގަވާއިދު ނަންބަރު 2021/R-103 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު

މިލިޔުން ގެޒެޓްގައި ޝާޢިރުކޮށްފައިވަނީ

30 ޖެނުއަރީ 2024, 05:11

ގަވާއިދު ނަންބަރު 2021/R-103 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިޞްލާޙު ގެނައުން.

1 ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

7 ވަނަ މާއްދާ

(ނ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓެއް ނުވަތަ ކައުންސިލަރެއް.

2 މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.