މައި ކޮންޓެންޓަށް ދޭ
Ministry of Social and Family Development Logo
ޤާނޫނުތަކާއި ޤަވާއިދުތައް

ގަވާއިދު ނަންބަރު 125-އާރ/2021 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު)

މިލިޔުން ގެޒެޓްގައި ޝާޢިރުކޮށްފައިވަނީ

22 ސެޕްޓެމްބަރު 2021, 04:59

ގަވާއިދު ނަންބަރު 2021/R-103 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު) އަށް، ތިރީގައިވާ އިޞްލާޙުތައް ގެނައުން.

1 ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

7 ވަނަ މާއްދާ

(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގައި މަސައްކަތްކުރާ ޤާނޫނީ ވަކީލެއް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ވަކީލެއް.

2 ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

31 ވަނަ މާއްދާ

(ށ) މި މާއްދާގެ (ނ) ގައި ހިމެނޭ ކަންކަން އެންމެ މަދުވެގެންވެސް ހިމެނޭ ގޮތުގެ މަތީން އެކުލަވައިލާ އެއްބަސްވުމުގެ ނަމޫނާއެއް ކޮމިޓީން އެކުލަވައިލައިފައި، އެ އެއްބަސްވުން ފާސްކުރެވިދާނެއެވެ. އަދި މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސޮއިކުރާ އެއްބަސްވުމަކީ ކޮމިޓީން ފާސްކޮށްފައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީން ސޮއިކުރާ އެއްބަސްވުމަކަށް ވާންވާނެއެވެ.

3 ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

35 ވަނަ މާއްދާ

(ށ) އަންނަނިވި ކަންކަން އެންމެ މަދުވެގެންވެސް ހިމެނޭ މޮނިޓަރިންގ ޕްލޭނެއްގެ ނަމޫނާއެއް ކޮމިޓީން އެކުލަވައިލައިފައި، އެ ޕްލޭން ފާސްކުރެވިދާނެއެވެ. އަދި އިޖުތިމާޢީ ޚިދުމަތްތެރިޔާ މި ޕްލޭން ތައްޔާރުކުރަންވާނީ ކޮމިޓީ ފާސްކޮށްފައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(1) ކުއްޖާގެ ހާލަތު މޮނިޓަރ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް؛

(2) ކުއްޖާގެ ހާލަތު، ރަށު ފެންވަރުގައި މޮނިޓަރ ކުރަމުންދާނެ ފަރާތްތައް؛

(3) ކުއްޖާގެ ހާލަތު މޮނިޓަރ ކުރަމުން ގެންދާނެ މުއްދަތު؛

(4) ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށު ފެންވަރުގައި ވިލަރެސްކުރާނެ ފަރާތް ނުވަތަ ފަރާތްތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީން ފާސްކޮށްފައިވާ ނަމޫނާ ޕްލޭނާ އެއްގޮތަށް މޮނިޓަރިންގ ޕްލޭން      ތަންފީޛު ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ  ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.

4 ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

42 ވަނަ މާއްދާ

(ރ) "އާއިލީ ގުޅުމެއް އޮންނަ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ،          އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަކަމަށް މި ގަވާއިދުގައި ބުނެފައިވާ މީހުންނާއި، އެ މީހުންގެ އާއިލާގެ މީހުންގެ ތެރެއިން ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ޝަރުޢީ ބަލަދުވެރިންނަށް ނުވަތަ ޙަޟާނަތު ޙައްޤުވާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން، އެ ކުއްޖެއްގެ ބަޔަލޮޖިކަލް މަންމަ ނުވަތަ ބައްޕަކަމަށް ސައިންޓިފިކް ތަހުލީލަކުން ކަށަވަރުކުރެވޭ މީހުންނަށާއި އެ މީހުންގެ އާއިލާގެ މީހުންނަށެވެ.

5 މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.