ބަނޑޭރި ޕޭ ބޭނުންކޮށްގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޓްރަސްޓް ފަންޑަށް އެހީވުމަށް

1
ބަނޑޭރި ޕޭއަށް ވަންނަވާ
ބަނޑޭރި ޕޭ އަށް ވަދެލައްވުމަށްފަހު އިދާރާތަކުގެ ލިސްޓުން "މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް" ހޮއްވަވާ.

2
ފައިސާ ދެއްކުމުގެ ބޭނުން ޚިޔާރުކުރުން
ޑޮނޭޝަންސް - ލޯކަލް (އޮޓޯ އެޕްރޫވްޑް)" ޚިޔާރުކުރައްވާފައި "އެޑް" ކުރައްވާ"

3
ޑޮނޭޝަނުގެ ތަފްސީލް
- ތިޔަ ކުރާ ޑޮނޭޝަނުގެ ތަފްސީލް "ލޭބަލް" އަޅުއްވާ.
- ހަދިޔާ ކުރައްވަން ބޭނުންފުޅުވާ "އަދަދު" ލިޔުއްވާ.

4
އެޕްލިކަންޓްގެ މަޢުލޫމާތު ފުރިހަމަކުރުން
- އެޕްލިކަންޓް" ބައިގައި، އެކަށީގެންވާ "އެޕްލިކަންޓް ޓައިޕް" ނަންގަވާ.
- އެޕްލިކަންޓާ ގުޅޭ ފީލްޑްތައް ފުރިހަމަކުރައްވާ. މީގެ ތެރޭގައި ހިމެނެނީ:
- އައިޑީ ކާޑު ނަންބަރު: (ރާއްޖޭގެ ފަރާތްތަކަށް)
- ޕާސްޕޯޓް ނަންބަރު: (ބިދޭސީ ފަރުދުންނަށް)
- ރަޖިސްޓްރޭޝަން ނަންބަރު: (ރާއްޖޭގެ އަދި ބިދޭސީ ޖަމިއްޔާތަކަށް)
- ނަން: (ހަދިޔާ ކުރެވޭ ފަރާތުގެ ނަން)
- ފޯނު ނަންބަރު:
- އީމެއިލް އެޑްރެސް:

5
ޕޭމަންޓް ޚުލާސާ ބެއްލެވުން
ތިޔަބޭފުޅާގެ ޕޭމަންޓް ތަފްސީލްތަކުގެ ޚުލާސާއެއް ދައްކާނެއެވެ

6
ފައިސާ ދައްކާ ފަރާތުގެ މަޢުލޫމާތު
- ޕޭމަންޓް" ބައިގެ ދަށުގައި، "ޕޭޔަރ" ގެ ތަފްސީލްތައް ފުރިހަމަކުރައްވާ. މި މަޢުލޫމާތަކީ މުޢާމަލާތް ކުރާ ފަރާތުގެ މަޢުލޫމާތެވެ. މިއީ ހަދިޔާކުރާ ފަރާތާ ތަފާތު ވެދާނެއެވެ (މިސާލަކަށް، އެހެން މީހެއްގެ ފަރާތުން ހަދިޔާ ކުރާނަމަ).
- ފައިސާ ދައްކާ ފަރާތުގެ "ނަން" އަދި "ފޯނު ނަންބަރު" ލިޔުއްވާ.
- ތިޔަބޭފުޅާގެ ޚިޔާރުކުރާ "ޕޭމަންޓް މެތަޑް" ހޮއްވަވާ:
- ބޭންކް އޮފް މޯލްޑިވްސް (ވިސާ/މާސްޓަރކާޑު/އެމެކްސް ބަލައިގަނޭ)
- މޯލްޑިވްސް އިސްލާމިކް ބޭންކް
- އޫރިދޫ އެމް-ފައިސާ

7
ޕޭމަންޓް ފުރިހަމަކުރުން
ތިޔަބޭފުޅާ ޚިޔާރުކުރެއްވި ޕޭމަންޓް ގޭޓްވޭއަށް ރީޑައިރެކްޓް ކުރެވޭނެއެވެ. ފައިސާ ދެއްކުމުގެ ތަފްސީލްތައް ލިޔުއްވާފައި މުޢާމަލާތް ނިންމަވާ.

8
ކަށަވަރުކުރުން
ފައިސާ ދެއްކުން ކާމިޔާބުވުމުން، ބަނޑޭރި ޕޭ ޕޯޓަލްއަށް އަނބުރާ ރީޑައިރެކްޓް ކުރެވޭނެއެވެ.


