ސާރވިސް ޗާޓަރ
ވުޒާރާގެ ކައުންޓަރުގެ ޚިދުމަތާއި، ޚިދުމަތަށް އެދި ވުޒާރާއަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން
- ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހު 2:00 އަށް (ރަމަޟާން މަހުގައި ސަރުކާރުން ކަނޑައަޅާ ރަސްމީ ގަޑީގައި) އޮފީހުގެ ރިސެޕްޝަނުގެ ޚިދުމަތް ލިބޭނެ.
- ވުޒާރާގެ ފޯނު ނަމްބަރު: 3013017 އަދި ވުޒާރާގެ ހޮޓްލައިން 1433 ނަމްބަރަށް އަންނަ ފޯނުކޯލުތަކަށް ލަސްވެގެން 5 ރިންގުން ޖަވާބުދެވޭނެ. އެއްވެސް ސަބަބަކާހުރެ ކޯލެއް ނުނެގިއްޖެނަމަ ވުޒާރާއިން އެ ފަރާތަކާ ގުޅަމުން ގެންދާނެ.
- ޚިދުމަތް ހޯދާ ފަރާތުން ބޭނުންވާ ޚިދުމަތަކީ، ފޯނުގެ ޒަރީޢާއިން ނުވަތަ ރިސެޕްޝަނުން ދެވެން އޮތް ޚިދުމަތެއްނަމަ، ވަގުތުން އެ ޚިދުމަތެއް ލިބިދެވޭނެ.
- ވަކިކަމެއް އޮންނަގޮތް އޮޅުންފިލުވަން ބޭނުންވާ ފަރާތެއްނަމަ، އެކަމެއްގެ މަޢުލޫމާތު ވަގުތުން ދެވޭނެ. ނުވަތަ އެ މަޢުލޫމާތު ދެވޭނެ ފަރާތަކާ ގުޅުވާދެވޭނެ.
- އޮފީހުން އަންގައިގެން ވަކި ޚިދުމަތެއް ހޯދުމަށް ނުވަތަ ވަކި ކަމަކު އައި ފަރާތެއްނަމަ، އޮފީހުގެ އެކަމާ ގުޅޭ ފަރާތަކަށް އަންގައި، ޚިދުމަތް ހޯދަން އައި ފަރާތާ އޮފީހުގެ ކަމާބެހޭ މުވައްޒަފަކާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދެވޭނެ. ނުވަތަ އެފަރާތަކުން ބޭނުންވާ ކަމެއްގެ ފުރިހަމަ މަޢުލޫމާތު ނަގާ އެކަމަކަށް ވުޒާރާއިން ދެވެން އޮތް އެހީތެރކަމެއްބަލާ އެފަރާތަށް ޖަވާބުދާރީ ވެވޭނެ.
ވުޒާރާގެ ޚިދުމަތަށް އެދި ހުށަހެޅުން
- ޢާއްމު ފަރާތްތަކާއި ރަސްމީ އިދާރާތަކުން ވުޒާރާގެ މެންޑޭޓްގައި ހިމެނޭ ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ ގޮތްތައް:
- ވުޒާރާގެ އީމެއިލް info@msfd.gov.mv މެދުވެރިކޮށް
- ވުޒާރާގެ ފޯނު ނަމްބަރު 3013017، އަދި ހޮޓް ލައިން 1433 މެދުވެރިކޮށް
- ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި ޗައިލްޑް ހެލްޕް ލައިން 1412 މެދުވެރިކޮށް
- ގެވެށިއަނީޔާއާއި އިޖުތިމާޢީ މައްސަލަތަކުގައި، ހެލްޕް ލައިން 1421 މެދުވެރިކޮށް
- ވުޒާރާއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކާއި ގުޅިގެން ވުޒާރާގެ ވެބްސައިޓްގައި ޢާއްމު ކުރެވިފައިވާ ފޯމްތައް މެދުވެރިކޮށް
- ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާތަކަށް ސިޓީ/ލިޔުން ހުށަހަޅައިގެން
- message.gov.mv "މެސެޖް.ގަވް.އެމްވީ" މެދުވެރިކޮށް
މެސެޖް.ގަވް.އެމްވީ ގެ ތަފްޞީލު
- message.gov.mv "މެސެޖް.ގަވް.އެމްވީ" އަކީ ސަރުކާރާއި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވައިދޭ ޚިދުމަތެއް. މި ޚިދުމަތް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ސަރުކާރުގެ ކޮންމެ އިދާރާއަކަށް އޮންލައިންކޮށް މުޢާމަލާތް ކުރެވޭނެ. މި ޚިދުމަތަކީ އޮންލައިންކޮށް ރައްޔިތުންނަށް ސަރުކާރުގެ ހުރިހާ އިދާރާ ތަކަށް ސިޓީބިޓީ ފޮނުވައި އެ ސިޓީއެއް ނުވަތަ ޝަކުވާއެއްގެ ކަންކަން ގޮސްފައިވާ ހިސާބު ވެސް ވަގުތުން ވަގުތަށް ބެލެވޭނެގޮތަށް ފަރުމާ ކުރެވިފައިވާ އާ ޚިދުމަތެއް.
- މެސެޖް.ގަވް.އެމްވީ އަކީ ސީދާ ރައްޔިތުންނަށް ސިޓީ ފޮނުވޭނެ ޚިދުމަތަކަށް ވުމާއެކު ޑިޖިޓަލް އައިޑެންޓިޓީ "އީ ފާސް" ލޮގިން ވުމަށްޓަކައި ބޭނުން ކުރެވޭނެ.
އަމިއްލަ ފަރާތްތަކުން ނުވަތަ ވަކިވަކި ފަރުދުން info@msfd.gov.mv އީމެއިލްއަށް ފޮނުވާ އީމެއިލް ތަކާއި، މެސެޖް.ގަވް.އެމްވީ ގެ ޒަރީއާއިން ނާއި ސިޓީން ހުށަހަޅާ ހުށަހެޅުންތައް ބަލައި ގަތުމާއި ޖަވާބު ދިނުން
- އަމިއްލަ ފަރާތްތަކުން ރަސްމީ ގަޑީގައި ވުޒާރާއަށް ހުށަހަޅާ ސިޓީ، އީމެއިލް ފަދަ ލިޔުންތައް ވުޒާރާއަށް ލިބުނުކަން އެންގުމަށް ގުޅޭނެ ނަމްބަރު ހިއްސާ ކުރެވިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް އެދުވަހެއްގެ ރަސްމީ ގަޑީގައި އެންގޭނެ. އަދި ރަސްމީ ގަޑީގެ ފަހުން ހުށަހެޅޭ މިފަދަ ލިޔުންތައް ވުޒާރާއަށް ލިބުނުކަން ޖެހިގެން އަންނަ ރަސްމީ ދުވަހު އެންގޭނެ.
- އުޞޫލީ މައްސަލަތަކާއި، ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދަން ނުޖެހޭ މައްސަލަތަކަށް ރަސްމީ 5 ދުވަހުގެ ތެރޭގައި އިޖާބަ ދެވޭނެ.
- ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ހުށަހެޅި މައްސަލައަށް ޖަވާބު ނުދެވޭނަމަ، ޖަވާބު ދިނުމަށް ލަސްވާ ސަބަބު އޮޅުންފިލުވައި ދެވޭނެ.
- ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކާއި އިތުރަށް ދިރާސާ ކުރަންޖެހޭ މައްސަލަތަކަށް ރަސްމީ މަސައްކަތު 5 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.
- ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކާއި އިތުރަށް ދިރާސާކުރަންޖެހޭ މައްސަލަތަކުގައި ރަސްމީ މަސައްކަތު 5 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.
- ކޮމިޓީއަކުން ނިންމަވާ މައްސަލައެއްނަމަ، އެ ފަރާތަކުން އެ މައްސަލައެއް ކޮމިޓީން ނިމުނު ތާރީޚުން ފެށިގެން، ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި، އެ މައްސަލައަކަށް ޖަވާބު ދެވޭނެ.
- މި މުއްދަތުގެ ތެރޭގައި ޖަވާބު ނުދެވޭ ފަރާތްތަކަށް ޖަވާބު ދިނުން ލަސްވާ ސަބަބު އެންގޭނެ.
ވުޒާރާ އަދި ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކަށް މުވައްޒަފުން އައްޔަންކުރުން
ވަޒީފާއަށް އެދި ހުށަހެޅުން
- މުވައްޒަފުން ހޯދުމަށް ކުރާ އިޢުލާންގައި ބަޔާންކޮށްފައިވާ ސުންގަޑި ހަމަވުމުގެ ކުރިން އިޢުލާންގައި ފޯމް ހުށަހެޅުމަށް އެދިފައިވާ އީމެއިލްއަށް ވަޒީފާއަށް އެދި ހުށަހެޅުން ނުވަތަ މަޤާމް އިޢުލާނު ކުރެވިފައިވާ އިދާރާއަކަށް ހުށަހެޅޭނެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/download/2486 އަދި މި ވުޒާރާގެ ވެބްސައިޓް http://msfd.gov.mv އިން ލިބެން ހުންނާނެ.
ސްކްރީނިންގ މަރުހަލާ
- އިޢުލާނުގެ މުއްދަތު ހަމަވާތާ 2 ދުވަހުގެ ތެރޭގައި ޝަރުތު ބަލައި ޗެކްކޮށް، ސްކްރީނިންގ ޝީޓް ވުޒާރާގެ ވެބްސައިޓްގައި ޢާއްމުކުރެވޭނެ.
- ސްކްރީނިންގ މަރުހަލާ ނިމުމުން ޝަރުޠު ހަމަނުވާ ފަރާތްތަކަށް ލިޔުމުން އެންގޭނެ.
އިންޓަރވިއު މަރުހަލާ
- ޝަރުތުހަމަވާ ފަރާތްތަކަށް އިންޓަރވިއު އަދި އިމްތިހާން އޮންނަ ދުވަހުގެ 48 ގަޑިއިރު ކުރިން ލިޔުމުން އެކަން އެންގޭނެ.
- އިންޓަރވިއު ނިމޭތާ 5 ދުވަހުގެ ތެރޭގައި ހޮވުނު ފަރާތަށް "ވަޒީފާ ހުށަހަޅާ ލިޔުން" ފޮނުވޭނެ. ފޯމް ހުށަހެޅުމަށް 72 ގަޑިއިރުގެ މުއްދަތެއް ދެވޭނެ. އަދި އެޓެސްޓްކުރި ލިޔުންތަކާއި ކުށުގެ ރެކޯޑް 7 ދުވަސް ތެރޭގައި ހުށަހެޅުމަށް އެންގޭނެ.
- އިންޓަރވިއު ނިމޭތާ 5 ދުވަހުގެ ތެރޭގައި މަޤާމަށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އެންގޭނެ.
- އިންޓަރވިއު ނިމޭތާ 5 ދުވަހުގެ ތެރޭގައި މާކްސް ޝީޓް ވުޒާރާގެ ވެބްސައިޓްގައި އާއްމު ކުރެވޭނެ.
- ޝަކުވާ ހުށަހެޅުމަށް، މާކްސް ޝީޓް ވުޒާރާގެ ވެބްސައިޓްގައި އާއްމުކުރާތާ ރަސްމީ 3 ދުވަހުގެ މުއްދަތެއް ދެވޭނެ. އަދި ޝަކުވާއެއް ހުށަހަޅައިފިނަމަ 3 ދުވަސްތެރޭގައި ޖަވާބު ދެވޭނެ.
އެޕޮއިންޓްމަންޓް ހަމަޖެއްސުން
އެޕޮއިންޓްމަންޓަށް އެދުން
- އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުމަށް ވުޒަރާއިން ކަނޑައަޅާފައިވާ ފޯމު ބޭނުން ކުރެވިދާނެ.
- އެޕޮއިންޓްމަންޓަށް އެދި ހުށަހަޅާ ފޯމު http://msfd.gov.mv ލިންކުން ފެންނަން ހުންނާނެ، އަދި ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގަމުދާ އިދާރާތަކުގެ ކައުންޓަރު ތަކުން ލިބެން ހުންނާނެ.
- ވުޒާރާގެ ވެރިޔަކާ ބައްދަލު ކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލުކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން، އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް، ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
އޮފީހަށް ގަންނަ ތަކެއްޗާއި، ހޯދާ ޚިދުމަތުގެ އަގު އަދާކުރުން
މުދަލާއި ޚިދުމަތް ފޯރުކޮށް ދިނުމަށްފަހު އެކިއެކި ފަރާތްތަކުން ފޮނުވާ ބިލްތަކަށް ފައިސާ ދެއްކުން
- ފައިނޭންސް ސެކްޝަނަށް ބިލް ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ބިލަށް ފައިސާ ދެއްކުމަށްޓަކައި (SAP) ސެޕް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވޭނެ.
- އެކި ފަރާތްތަކުން ވުޒާރާއަށް އެހީގެ ގޮތުގައި ދެއްވާ ފައިސާ ވުޒާރާގެ އިޖުތިމާޢީ ޓްރަސްޓް ފަންޑަށް ޖަމާކުރެވިގެންދާނެ.
- އެހީގެ ގޮތުގައި ދެއްވާ ފައިސާ ބަނޑޭރި ޕޭ https://bp.finance.gov.mv ޕޯޓަލް މެދުވެރިކޮށް ދުވަހުން ދުވަހަށް ބަލައި ގަނެވޭނެ.
- ބަނޑޭރި ޕޭ މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް "ޕޭމަންޓް ރިކުއެސްޓް ފޯރމް" (Payment Request Form) ފުރުމުގައި ތިރީގައިވާ ކަން ކަމަށް ސަމާލުކަން ދޭންވާނެ:
- "އެޖެންސީ" (Agency): މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޚިޔާރުކުރައްވާ.
- "ޕޭމަންޓް ޕާރޕަސް" (Payment Purpose): ޑޮނޭޝަންސް-ލޯކަލް Donation local)) އިޚްތިޔާރު ކުރައްވާ.
- "އެޑް" (Add) ބަޓަންއަށް ޖައްސެވުވުމަށް ފަހު، "ނިއު ލޭބަލް" (New Lable) އެހީ ދޭން ބޭނުންވާ އިދާރާ (ވުޒާރާ ނުވަތަ ވުޒާރާގެ ދަށުން ހިނގާ މަރުކަޒު/ސެންޓަރ) ގެ ނަން ޚިޔާރު ކުރައްވާ.
- "އެމައުންޓް" (Amount) ދޭން ބޭނުންވާ އެހީގެ ފައިސާ ގެ ޢަދަދު ހިމަނުއްވާ.
- "އެޕްލިކެންޓް" (Applicant) އެހީ ދޭ ފަރާތުގެ މަޢުލޫމާތު ހިމަނުއްވާ.
- މި މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު ސަބްމިޓް (submit) ކުރައްވާ.
- ސަބްމިޓް ކޮށްލުމުން ސަމަރީ ޕޭޖް ހުޅުވިގެންދާނެ.
- "އެހީދޭފަރާތުގެ ތަފްޞީލު" (Payer details) ފުރުއްވާލައްވާފަ 'އެހީދޭން ބޭނުންވާ ގޮތް' (Payment method) ޚިޔާރު ކުރައްވާ.
- ބޭންކުގެ ގޭޓްވޭއިން ފުރުއްވަން ޖެހޭ ބައިތައް ފުރުއްވާ.
- ބަނޑޭރިޕޭ މެދުވެރިކޮށް އެހީގެ ގޮތުގައި ދެއްވާ ފައިސާގެ މުޢާމަލާތު ނިމުމުން މެސެޖެއް ލިބިގެންދާނެ.
ވުޒާރާއިން ނީލަން ކިޔާ ތަކެތީގެ ފައިސާ ބަލައި ގަތުން
- ނީލަން ކިޔާ ތަކެތީގެ ފައިސާ "ބަނޑޭރި ޕޭ" (BandeyriPay) https://bp.finance.gov.mv ޕޯޓަލް މެދުވެރިކޮށް ދުވަހުން ދުވަހަށް ބަލައި ގަނެވޭނެ.
- ބަނޑޭރި ޕޭ މެދުވެރިކޮށް ނީލަން ފައިސާ ދެއްކުމަށް ޕޭމަންޓް ރިކުއެސްޓް ފޯރމް ފުރުމުގައި ތިރީގައިވާ ކަން ކަމަށް ސަމާލުކަން ދޭންވާނެ:
- އެޖެންސީ އަކަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ނެގުމަށްފަހު، "ޕޭމަންޓް ޕާރޕަސް" (Payment purpose) ޚިޔާރުކުރެވޭނެ.
- of items at Action Sale "ސޭލް އޮފް އައިޓަމްސް އެޓް އެކްޝަން": ނީލަމުން ނެގި ތަކެތީގެ ނަން ހިމެނުމަށްފަހު، 'އެޑް' (Add) ބަޓަންއަށް ފިތާލަންވާނެ.
- އެއަށްފަހު "ނިއު ލޭބަލް" (New Lable) އެހީ ދޭން ބޭނުންވާ އިދާރާ (ވުޒާރާ ނުވަތަ ވުޒާރާގެ ދަށުން ހިނގާ މަރުކަޒު/ސެންޓަރ) ގެ ނަން ޚިޔާރު ކުރުމަށްފަހު، "އެމައުންޓް" (Amount) ދޭން ބޭނުންވާ އެހީގެ ފައިސާ ގެ ޢަދަދު ހިމަނާލަންވާނެ.
- "އެޕްލިކަންޓް" (Applicant) އެހީ ދޭ ފަރާތުގެ މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު "ސަބްމިޓް" (submit) ކޮށްލެވޭނެ.
- ސަބްމިޓް ކޮށްލުމުން "ޚުލާޞާ" (Summary) އެއް ލިބިގެންދާނެ.
- އެހީދޭ ފަރާތުގެ ތަފްޞީލު (Payer details) ފުރުމަށް ފަހު، 'އެހީދޭން ބޭނުންވާ ގޮތް' (Payment method) ޚިޔާރު ކުރެވޭނެ.
- ފޯރމުގައިވާ މަޢުލޫމާތު ކަށަވަރު ކުރުމަށްފަހު ފޯރމް ލިބުނުކަން އީމެއިލް މެދުވެރިކޮށް އަންގާނެ ކަމުގެ މެސެޖެއް ސްކްރީނުން ފެންނާނެ، އަދި ރިކުއެސްޓް ރިފަރެންސް ނަންބަރެއް ވެސް މި މެސެޖުގައި ހިމެނިފައިވާނެ.
- އެދުވަހެއްގެ ރަސްމީ ގަޑީގައި ހުށަހެޅޭ ފޯރމް ތަކަށް ރަސްމީގަޑީގައި އަދި ރަސްމީ ގަޑީގެ ފަހުން ހުށަހެޅިއްޖެނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު މި ވުޒާރާގެ އެކައުންޓް ސެކްޝަނުން ފޯމް ގެ މަޢުލޫމާތު ޗެކްކުރުމަށްފަހު ދެވިފައިވާ މެއިލް އެޑްރެސްއަށް އިންވޮއިސްއެއް ފޮނުވޭނެ.
- މި އިންވޮއިސްގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިންކް ގައި ވާ "ޕޭ ނައު" (Pay Now) އަށް ފިއްތާލުމުން ބަނޑޭރި ޕޭ ޕޭޖް ހުޅުވިގެން ދާނެ.
- ބޭންކުގެ ގޭޓްވޭއިން ފުރުއްވަން ޖެހޭ ބައިތައް ފުރުއްވާ، "ބަނޑޭރި ޕޭ" މެދުވެރިކޮށް ނީލަން ފައިސާ ގެ މުޢާމަލާތު ނިމުމުން މެސެޖެއް ލިބިވަޑައި ގަންނަވާނެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ނަންބަރު 2014/1ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޖަވާބު ދިނުން
- މަޢުލޫމާތު ހޯދާ ލިބިގަތުމަށް އެދި ނުވަތަ info@msfd.gov.mv އަށް ލިބޭ މެއިލްތައް އަދި ރިސެޕްޝަނަށް ލިބޭ ފޯމުތަކަށް ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ ޤަވާޢިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ (21 ދުވަހުގެ) ތެރޭގައި ޖަވާބު ދެވޭނެ.
- 21 ދުވަހުގެ މުއްދަތު އިތުރުކުރަން ވުޒާރާއިން ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން އެކަން އެފަރާތަކަށް އަންގައި މުއްދަތު އިތުރު ކުރެވޭނެ.
- މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމު http://msfd.gov.mv މިލިންކުން ލިބޭނެ.
މަސައްކަތާއި ޚިދުމަތް ހޯދުމަތަށް ދަޢުވަތު ދިނުން
ބީލަން ރަޖިސްޓްރީ ކުރުމާއި މަޢުލޫމާތު ސާފުކުރުން އަދި ބީލަން ހުށަހެޅުން
- -/35000 (ތިރީސް ފަސްހާރުފިޔާ) އަށް ވުރެ މަތީގެ ޚިދުމަތްތަކަށް ކުރެވޭ އިޢުލާނުތަކާއި ގުޅިގެން ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.38ގެ (ބ)ގެ 1 ވަނަ ނަންބަރުގައި ވާގޮތުގެ މަތިން ރަސްމީ މަސައްކަތު 07 ދުވަހާއި 60 ދުވަހާއި ދެމެދުގެ މުއްދަތު ބީލަން ހުށަހެޅުމަށް ހުޅުވާލެވޭނެ.
- ބީލަމަށް ރެޖިސްޓަރ ވުމަށް eportal.msfd.gov.mv މިލިންކް ބޭނުން ކުރެވޭނެ.
- ބީލަން ހުށަހެޅުމަށް މިނިސްޓްރީގެ ފަރާތުން ގެޒެޓުގައި ޝާއިއު ކުރާ އިޢުލާނުގައި ފާހަގަކުރާ، ލިޔެކިޔުންތައް ބީލަމާއެކު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެ.
- ބިޑް އެވޯޑްކުރާ ދުވަހުން ފެށިގެން ރަސްމީ 1 ދުވަހުގެ ތެރޭގައި ހޮވުނު ފަރާތްތަކާއި ނުހޮވޭ ފަރާތްތަކަށް އެކަން އެންގޭނެ.
ކޮމެޓީގެ ނިންމުމާއި ގުޅޭގޮތުން ބީލަންވެރިން ޝަކުވާ ހުށަހެޅުން
- ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެ މަތިން ޝަކުވާ ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި (ސަރުކާރު ބަންދުނޫން 3 ދުވަސްތެރޭ) އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ނަމަ ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް ލިއުމުން އަންގައި ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ.
- ޝަކުވާއަށް ޖަވާބު ދިނުން، ފުރަތަމަ މަރުހަލާ: ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަންތައްތައް ބެލުމަށް ޝަކުވާ ހުށަހެޅުމަށް 3 ދުވަހުގެ މުއްދަތެއް ދެވޭނެ. ދެވިފައިވާ މުއްދަތުގައި މިވުޒާރާގެ bid@msfg.gov.mv މެއިލްއަށް ޝަކުވާ ހުށަހެޅޭނެ.
- ޝަކުވާއަށް ޖަވާބު ދިނުން، ދެވަނަ މަރުހަލާ: ބީލަމުގެ ކަމެއް ހިނގައި ދިޔަގޮތާއި މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ އެމައްސަލަ އަލުން ބަލައި ދިނުމަށް އެދި ހުށަހެޅިދާނެ. މިގޮތުން އަލުން ބެލުމަށް ހުށަހަޅާ މައްސަލަތައް ޕްރޮކިއުމަންޓް އެޕީލް ބޯޑަށް އެޑްރެސްކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއަށް ހުށަހެޅޭނެ.
ޕްރޮކިއު ކޮށްފައިވާ ތަކެއްޗާއި ޚިދުމަތްތައް ގެޒެޓް ކުރުން
- ވުޒާރާގެ -/35000 (ތިރީސް ފަސްހާރުފިޔާ) އަށް ވުރެ މަތީގެ ޕްރޮކިއުމަންޓްތައް އެ ޕްރޮކިއުމަންޓެއް އެވޯޑް ކުރެވުނު ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 05 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވޭނެ.
- ވުޒާރާގެ -/35000 (ތިރީސް ފަސްހާރުފިޔާ) އަށް ވުރެ ދަށުގެ ޕްރޮކިއުމަންޓްތަކުގެ މަޢުލޫމާތު ކޮންމެ މަހަކު އެއްފަހަރު އެ ޕްރޮކިއުމަންޓް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތު، ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވޭނެ.
ވުޒާރާގެ ވެންޑަރ ރެޖިސްޓްރީ ބެލެހެއްޓުން (މަސައްކަތްތަކާއި ޚިދުމަތްތައް ހަވާލުކުރެވޭ ފަރާތްތަކުގެ ރަޖިސްޓްރީ)
- މި ވުޒާރާގެ ވެންޑަރ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން "ވެންޑަރ ރެޖިސްޓްރޭޝަން ފޯމް" މި ވުޒާރާގެ procurement@msfd.gov.mv އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ހުށަހެޅޭނެ. ފޯމްލިބުމުން ރަސްމީ މަސައްކަތު 03 ދުވަސް ތެރޭގައި ރަޖިސްޓްރީގައި ވެންޑަރގެ މަޢުލޫމާތު ހިމަނާ އަދާހަމަ ކުރުމަށްފަހު އެކަން އީމެއިލް މެދުވެރިކޮށް ވެންޑަރ އަށް އެންގޭނެ. ވެންޑަރ ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅާއިރު ތިރީގަވާ މަޢުލޫމާތު ހިމެނުމަށް ސަމާލުކަން ދޭންވާނެ:
- ސެޕް ވެންޑަރ އައި.ޑީ ކާޑް ކޮޕީ
- ބިޒްނަސް ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
- އެސް.އެމް.އީ ރެޖިސްޓްރޭޝަން ކޮޕީ
- ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ކޮޕީ
- ކޮމްޕެނީ ޕްރޮފައިލް
- ފޯރުކޮށްދޭ މުދާ/ޚިދުމަތް
- ބޭންކް އެކައުންޓްގެ ތަފްޞީލް (ބޭންކް ސްޓޭޓްމަންޓް/ބޭންކް ޑެޕޮސިޓް ސްލިޕް)
- ޓެކްސް ކްލިއަރަންސް ރިޕޯރޓް
ޑޭކެއަރ ސެންޓަރުތައް ރަޖިސްޓްރީ ކުރުމާއި އިންސްޕެކްޓް ކުރުން
ޑޭކެއަރ ސެންޓަރުތައް ރަޖިސްޓަރކޮށް ލައިސަންސް ދިނުން
- ޑޭކެއަރ ސެންޓަރެއް ހިންގުމަށްޓަކައި އެދޭނީ އެކަމަށް ވުޒާރާއިން ތައްޔާރު ކޮށްފައިވާ ފޯމަކުން. މި ފޯމް ވުޒާރާގެ ވެބްސައިޓުން http://msfd.gov.mv ލިބެން ހުންނާނެ.
- މި ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ވުޒާރާއަށް ހުށަހެޅުމުން ޑޭކެއަރ ހިންގުމުގެ އުޞޫލުގައި ބަޔާންކުރާ މިންގަޑުތައް ފުރިހަމަ ވެފައިވޭތޯ ކަށަވަރު ކުރުމަށް ވުޒާރާގެ ފަރާތުން އިންސްޕެކްޝަނެއް ރަސްމީ 07 ދުވަސްތެރޭ ކުރިއަށް ގެންދެވޭނެ.
- ޑޭކެއަރ އުޞޫލުގައި ބަޔާންކުރާ މިންގަޑުތައް ސެންޓަރުގައި ފުރިހަމަ ވާނަމަ ވުޒާރާއިން ޑޭކެއަރ ސެންޓަރު ހިންގުމުގެ ލައިސަންސް ރަސްމީ 5 ދުވަހުގެ ތެރޭ ދޫކުރެވޭނެ.
- ޑޭކެއަރ އުޞޫލުގައި ބަޔާންކުރާ މިންގަނޑުތައް ޙާޞިލު ވެފައިވީނަމަވެސް، އިންސްޕެކްޝަން ޓީމަށް ސެންޓަރުގައި ރަނގަޅުކުރުމަށް ފާހަގަކުރެވޭ ކަންކަން ހުރިނަމަ، އެކަންކަން އިޞްލާޙް ކުރުމަށް މުއްދަތެއް ދިނުމުގެ ގޮތުން 3 މަހުގެ ކޮންޑިޝަނަލް ލައިސެންސްއެއް ދޫކުރެވޭނެ.
ޑޭކެއަރ ސެންޓަރުތައް އިންސްޕެކްޓް ކުރުން
- ޑޭކެއަރ ސެންޓަރުތައް ކޮންމެ 6 މަހަކުން 1 ފަހަރު އިންސްޕެކްޓް ކުރެވޭނެ.
- ސެންޓަރުތަކުގެ ލައިސެންސް ކޮންމެ އަހަރަކު އެއްފަހަރު އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށްފަހު އާކުރެވޭނެ.
ޑޭކެއަރ އުޞޫލާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން
- ޑޭކެއަރ އުޞޫލޫގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ޚިލާފުވެއްޖެ ނަމަ އެސެންޓަރަކާއި މެދު ވުޒާރާއިން ފިޔަވަޅު އަޅާނެ. މި ފިޔަވަޅު ތަކުގެތެރޭގައި:
- އުޞޫލާއި ޚިލާފުވާ ކަމެއްގެ މަޢުލޫމާތު އެފަރާތައްދީ ވަކި މުއްދަތެއްގެ ތެރޭގައި އެކަމެއް ރަނގަޅު ކުރުމަށް ލިޔުމުން އެންގޭނެ.
- އެ މުއްދަތުގެ ތެރޭގައި އެކަމެއް އިޞްލާޙު ނުކޮށްފިނަމަ ވަކި މުއްދަތަކަށް ތަން ބަންދުކުރެވޭނެ.
- ތަން ބަންދުކުރުމަށް އަންގާފައިވާ މުއްދަތުގެ ތެރޭގައިވެސް އެކަމެއް އިސްލާޙުކޮށްފައި ނުވާނަމަ ހުއްދަ (ލައިސަންސް) ބާޠިލު ކުރެވޭނެ.
- މުވައްޒަފެއްގެ ނުވަތަ މުވައްޒަފުން ތަކެއްގެ އިހުމާލުން ކުއްޖެއްގެ ކަރާމާތައް ގެއްލުމެއް ލިބޭފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ އެތަނެއް ވަގުތުން ބަންދު ކުރުން
- މުވައްޒަފެއްގެ ނުވަތަ މުވައްޒަފުން ތަކެއްގެ އިހުމާލުން ކުއްޖެއްގެ ކަރާމާތައް ގެއްލުމެއް ލިބޭފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ އެތަނެއް ވަގުތުން ބަންދު ކުރުން. އަދި އެކަމަކާ ގުޅުންހުރި މީހަކު ނުވަތަ ބަޔަކާމެދު ފިޔަވަޅު އެޅިކަން ކަށަވަރު ކުރުމަށްފަހު، އަލުން ތަން ހުޅުވުމުގެ ހުއްދަ ދެވޭނެ.
- ޑޭކެއަރ އުޞޫލު ވުޒާރާގެ ވެބްސައިޓް http://msfd.gov.mv އަދި ދިވެހި ސަކާރުގެ ގެޒެޓްގައި ލިބެން ހުންނާނެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުން
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އާމްދަނީ އެއް ހޯދޭނެފަދަ މަސައްކަތެއް ހޯދުމަށް މަގުފަހިކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުން
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ވުޒާރާއަށް ވަޒީފާގެ ފުރުޞަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓް (އެފަރާތުގެ ޤާބިލުކަން ހުރި މިންވަރާއި، ހުރި ހުނަރުތައް ދެނެގަތުމަށް ހަދާ އެސަސްމަންޓް) ހަދައި، އެ ފަރާތްތައް ޝައުޤުވެރިވާ ދާއިރާއަކުން ފަހިވެފައިވާ ފުރުޞަތުތަކަށް ބެލުމަށްފަހު ވަޒީފާ ހޯދާދިނުމަށް މަސައްކަތް ކުރެވޭނެ. އަދި ވަޒީފާގެ މާހައުލަށް ނެރުމަށް އިތުރަށް ހުނަރު ބޭނުންވާކަމަށް ފާހަގަ ކުރެވޭނަމަ، މި ވުޒާރާއާއި ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން ހިންގާ ޖޮބް ރެޑިނަސް ޕްރޮގްރާމްގައި (ވަޒީފާއަށް ތައްޔާރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް) މި ފަދަ ފަރާތްތައް ބައިވެރި ކުރެވޭނެ.
- ވަޒީފާގެ ފުރުޞަތު ހޯދުމުގައި އެހީތެރިކަމަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކަމަށް އެދެވޭނެ ގޮތްތައް:
- ރަސްމީ ކޮންމެ ދުވަހެއްގެ 08:30 – 13:30 އާއި ދެމެދު 1433 އަށް ގުޅުމަށްފަހު، އިތުރަށް މަޢުލޫމާތު އޮޅުން ފިލުވޭނެ. ކޯލް ސެންޓަރު މެދުވެރިކޮށް އަންނަ މިފަދަ ކޯލްތަކަށް ރަސްމީ 03 ދުވަހުގެ ތެރޭގައި އިޖާބަދީ، ވަޒީފާ ފޯރުކޮށްދިނުމުގައި ޢަމަލުކުރާ އުޞޫލު ޙިއްސާކޮށް، ލިޔެކިޔުންތައް ޙިއްސާކުރާނެ މެއިލް އެ ފަރާތަކަށް އެންގޭނެ.
- ވަޒީފާއަށް އެދި ސިޓީ އަދި ލިޔެކިޔުންތައް (ސީ.ވީ، ތަޢުލީމާއި ތަޖުރިބާގެ ލިޔެކިޔުންތައް) des@msfd.gov.mv އަށް މެއިލް ކުރެވޭނެ. މި މެއިލްއަށް ލިޔެކިޔުންތައް ލިބޭތާ ރަސްމީ 05 ދުވަހުގެ ތެރޭގައި މަދުވާ ލިޔުމެއް ހިއްސާކުރުމަށް ފަރާތްތަކަށް އެންގޭނެ.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާގެ ފުރުޞަތަށް އެދި ހުށަހަޅާ މީހުންގެ މަޢުލޫމާތު މިކަމަށް ޚާއްޞަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ދަފްތަރުގައި އަދާހަމަ ކުރެވޭނެ. ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭ ހިސާބުން، އެ ފަރާތެއްގެ ފަންކްޝަނަލް އެސެސްމަންޓް 3 މަހާ 6 މަހާ ދެމެދުގެ މުއްދަތު ގައި ފުރިހަމަ ކުރެވޭނެ.
- ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ލިސްޓުގެ ތަރުތީބުން (އެދިފައިވާ ތާރީޚަށް ބަލާ) އެކި ފުރުޞަތުތަކަށް އެދި މި ވުޒާރާއިން، ވަޒީފާދޭ ފަރާތްތަކާއި މުޢާމަލާތު ކުރަމުން ގެންދެވޭނެ. އަދި ވަޒީފާއަށް އެދޭ ފަރާތުން އެދިއްޖެނަމަ، އެފަރާތަކަށް ވަޒީފާ ހޯދައި ދިނުމަށް ކުރެވެމުންދާ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެވޭނެ.
ހާލު ކިހިނެއް ޕްރޮގްރާމް
އިޖުތިމާޢީ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި ގޭބީސީތަކަށް ޒިޔާރަތްކޮށް އާއިލާތަކުގެ ހާލުބެލުން
- ވުޒާރާގެ ނަންބަރު 1433 އަށް ގުޅައިގެން އެހީތެރިކަމަށް އެދެވޭނެ.
- ވުޒާރާއަށް އެޑްރެސްކޮށް ސިޓީއަކުން ނުވަތަ ވުޒާރާގެ އީމެއިލް info@msfd.gov.mv އަށް މެއިލް ކުރެވޭނެ.
- މިފަދައިން ހުށަހެޅޭ މައްސަލަތަކުގައި މާލޭގައި ނަމަ 24 ގަޑިއިރުގެ ތެރޭގައި އަދި އަތޮޅުތެރޭގައި ނަމަ 5 ދުވަހުގެ ތެރޭގައި ޒިޔާރަތްކޮށް ހާލުބެލޭނެ.
- މި ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލުބަލައި ދައުލަތުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތެއް ހުރިނަމަ އެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮށްދެވެން ހުރިކަންކަން ދަނެގަނެ އެކަންކަމަށް މަގުފަހިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް. އެހެންކަމުން، ތާވަލު ކުރެވިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ގޭ ބިސީއަކަށް މަދުވެގެން އެއްފަހަރު ޒިޔާރަތް ކުރެވޭނެ.
މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޑިޕާރޓްމަންޓް
ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ވުޒާރާގެ ޚިދުމަތް ތަކާއިގުޅޭ ގަވާއިދު ތަކާއި، އިޢުލާނުތަކާއި، ވުޒާރާގެ ޚިދުމަތް ތަކާއި ގުޅިގެން އެއްކުރެވޭ ތަފާސް ހިސާބުތައް އަދި މުހިންމު ޚަބަރުތައް އާންމުންނަށް ފޯރުކޮށްދިނުން
- ވުޒާރާގެ ވެބްސައިޓު އަދި ސޯޝަލް މީޑިއާ މަންސަތަކުގައި މި މަޢުލޫމާތުތައް އާންމުންނަށް ފެންނާނެހެން ޝާއިޢު ކުރެވެމުންދާނެ.
- ސޯޝަލްމީޑިއާ މަންސަތަކުގައި ވުޒާރާގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާއި ގުޅުންހުރި ކަންކަމުގައި ޝާއިޢުކުރާ ލިޔުންތަކާއި ކޮމެންޓްތައް ދިރާސާކޮށް އެކަންކަން އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދެވޭނެ.
- ރާއްޖޭގެ މީޑިޔާތަކާއި ގުޅިގެން މިނިސްޓްރީ ގެ ޚިދުމަތްތައް އާންމުންނަށް ފޯރުކޮށްދިނުމަށް މީޑިޔާގެ ތަފާތު ޕްލެޓްފޯމް ތަކުގައި މިނިސްޓްރީ ތަމްޞީލް ކުރުމަށް ފުރުޞަތު ތައް ފަހިކޮށްދެމުން ގެންދާނެ.
އެލްޑަރލީ ރައިޓްސް އެންޑް ވެލްބީންގ
ޢުމުރުން ދުވަސްވީ މީހުންނަށް ކުރެވޭ އަނިޔާއާއި ގުޅޭ މައްސަލަތަކަށް ހައްލު ހޯދައިދީ އެފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުން
- ޢުމުރުން ދުވަސްވީ ފަރާތެއް ދައުލަތުގެ ރައްކާތެރިކަމާއި ހިމާޔަތް ބޭނުންވާނަމަ، އެކަމަށް އެދި ސިޓީ/އީމެއިލް info@msfd.gov.mv އިން އަދި ވުޒާރާގެ ހެލްޕްލައިން 1421 ނަމްބަރަށް ގުޅައިގެން ހުށަހެޅޭނެ.
- ހުށަހެޅޭ މައްސަލައިގެ ހާލަތަށް ރިއާޔަތްކޮށް އަވަސް މައްސަލަތަކަށް 24 ގަޑިއިރުތެރޭ އިޖާބަ ދެވޭނެ. އަދި އެނޫން މައްސަލަތަކަށް ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭ އިޖާބަ ދެވޭނެ.
ޢުމުރުން ދުވަސްވީ މީހުންނާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އެކިއެކި މުއައްސަސާތަކަށް ބޭނުންވާ އެސެސްމަންޓްތައް ހެދުން
- މުއައްސަސާތަކުން އެސެސްމެންޓް ހަދައިދިނުމަށް ވުޒާރާއަށް ސިޓީ ނުވަތަ އީމެއިލް، ގެ ޒަރީޢާއިން ކަމާއި ގުޅުންހުރި އިދާރާތަކުން އެދުމުން، ހުށަހެޅުން ލިބޭތާ ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި އެސެސްމެންޓް ތައްޔާރުކޮށް އެ މުއައްސަސާއަކާ ހިއްސާ ކުރެވޭނެ.
65 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި ދިރިއުޅޭ ދާންމަތި ވެފައިވާ ފަރާތްތައް ރަޖިސްޓްރީކޮށް އެފަރާތްތަކަށް ބޭނުންވާ ނަފްސާނީ/އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުން (ބެޑްރިޑިންގ ޕްރޮގްރާމް)
- "ބެޑްރިޑަން" ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމަށް އެދި އެކަމަށް ކަނޑައެޅިފައިވާ ފޯމު ވުޒާރާ (ވެބްސައިޓް/ކައުންޓަރ) އިން ލިބެން ހުންނާނެ.
- ވުޒާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް info@msfd.gov.mv މެދުވެރިކޮށް ފޯމް ހުށަހެޅޭނެ.
- ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ވާނަމަ، އެފަރާތުގެ އެސެސްމެންޓް ހެދުމަށް ހުޅުމާލެ ހޮސްޕިޓަލް ނުވަތަ ދަމަނަވެށީގެ ޓީމާއެކު ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި ޒިޔާރަތްކޮށް އެސެސްމެންޓް ހެދޭނެ.
- އެފަރާތަކީ "ބެޑްރިޑެން ޕްރޮގްރާމް" އަށް ޝަރުޠު ހަމަވާ ފަރާތެއްނަމަ ފޯމުހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 10 ދުވަހުގެ ތެރޭގައި އެފަރާތް ރަޖިސްޓަރީކޮށް އެކަން އެންގޭނެ.
- އެއަށްފަހު ހަމަޖެހިފައިވާ ތާވަލާއި އެއްގޮތަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލް ނުވަތަ ދަމަނަވެށިން ގަވާއިދުން އެފަރާތަކަށް ޒިޔާރަތްކޮށް އެކަމާގުޅޭ ރިޕޯރޓު ވުޒާރާއާ ހިއްސާ ކުރަމުންދާނެ.
- ޤަވާޢިދުން ޚިދުމަތް ލިބެމުން ނުދާނަމަ، އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެފަރާތަށް ލިބިގެންވޭ، މިގޮތަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ވުޒާރާއަށް ހުށަހެޅޭ ޝަކުވާ ބަލައިގަނެ ފިޔަވަޅު އެޅުމުގެ ނިޒާމުގެ ތެރެއިން ޝަކުވާގެ ކަންކަން ކުރިއަށް ގެންދާނެ.
- ރަޖިސްޓްރީ ކުރެވޭ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމަށް ކޮންމެ 3 މަހުން އެއްމަހު ވުޒާރާގެ ޓީމެއް އެ ފަރާތަށް ޒިޔާރަތްކޮށް ހާލުބަލަމުން ގެންދާނެ.
އިސްރަށްވެހިންގެ ނާދީ
އިސްރަށްވެހިންގެ ނާދީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުން
- އިސްރަށްވެހިންގެ ނާދީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު އިސްރަށްވެހިންގެ ނާދީއިން (މާލެ އަދި ހުޅުމާލެ އިސްރަށްވެހިންގެ ނާދީ) އިން ލިބެން ހުންނާނެ.
- ފޯމު ފުރިހަމަ ކުރުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު ނާދީއަށް ހުށަހެޅަންވާނެ.
- ފޯމު ހުށަހަޅާ ދުވަހު ނާދީ މެންބަރެއްގެ ގޮތުގައި އެފަރާތެއް ރަޖިސްޓަރީކޮށް ނާދީގެ ކޮމިއުނިޓީ ވައިބަރ ގްރޫޕުގައި އެފަރާތެއް ބައިވެރި ކުރެވޭނެ.
- ރަޖިސްޓަރީ ކުރެވޭ ފަރާތްތަކުގެ ތެރެއިން އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކަށް "ނާދީ މެމްބަރޝިޕް ކާޑް" ތައްޔާރުކޮށް 1 މަސްދުވަހުގެ ތެރޭގައި އެފަރާތްތަކަށް ހަވާލު ކުރެވޭނެ.
ނާދީގެ ހަރަކާތްތަކުގައި ބައިވެރިވުން (ހުރިހާ މެންބަރުންނަށް އާއްމުކޮށް ހުޅުވާލެވިގެން ކުރިއަށް ގެންދެވޭ ހަރަކާތްތައް)
- ނާދީގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ހަފުތާ ތާވަލު ކޮންމެ ހޮނިހިރު ދުވަހަކު މިނިސްޓްރީގެ ސޯޝަލްމީޑިއާ އަދި އިސްރަށްވެހިންގެ ވައިބަރ ގްރޫޕްގައި ޕޯސްޓް ކުރެވޭނެ.
- ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ހަމަޖެހިފައިވާ ތާރީޚާއި ވަގުތުގައި ނާދީއަށް ޙާޟިރުވެ ކޮންމެ މެންބަރަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ.
ނާދީގެ ހަރަކާތްތަކުގައި ބައިވެރިވުން (ނަންނޯޓުކޮށްގެން ކުރިއަށް ގެންދެވޭ ހަރަކާތްތައް)
- ނާދީގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ހަފުތާ ތާވަލު ކޮންމެ ހޮނިހިރު ދުވަހަކު މިނިސްޓްރީގެ ސޯޝަލްމީޑިއާ އަދި އިސްރަށްވެހިންގެ ވައިބަރ ގްރޫޕްގައި ޕޯސްޓް ކުރެވޭނެ.
- ނަންނޯޓުކޮށްގެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް:
- މާލޭގެ ނާދީގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ނަމަ، 3027568 އަށް ގުޅައިގެން ނުވަތަ ނާދީއަށް ޙާޟިރުވެ ނަން ނޯޓު ކުރުމުން ޖާގަހުރި މިންވަރަކުން ފުރުޞަތު ދެވިގެންދާނެ.
- ހުޅުމާލެ ނާދީގައި ކުރިއަށް ގެންދާ ޕްރޮގްރާމެއްނަމަ، ވައިބަރ ގްރޫޕް މެދުވެރިކޮށް ނުވަތަ ނާދީއަށް ޙާޟިރުވެ ނަން ނޯޓު ކުރުމުން، ޖާގަހުރި މިންވަރަކުން ފުރުޞަތު ދެވިގެންދާނެ.
- ނާދީ ހުޅުވިފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން ހަވީރު 06:00 ށް.
ނާދީގެ ހޯލް ދޫކުރުން
- ސަރުކާރުގެ އެކިއެކި އިދާރާތާކައި، މިނިސްޓްރީއިން މަސައްކަތްކުރާ އެކިއެކި ޖަމްޢިއްޔާތަކުން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނާދީގެ ހޯލް ބޭނުންވާނަމަ، އީމެއިލް naadhee.male@msfd.gov.mv މެދުވެރިކޮށް ހުށަހެޅޭނެ. އީމެއިލްގައި ތިރީގައިވާ ތަފްޞީލް ހިމަންނަވާނެ:
- ކުރިއަށް ގެންދަން ބޭނުންވާ ޕްރޮގްރާމްގެ ނަމާއި ތަފްޞީލް
- ޕްރޮގްރާމް ޚާއްޞަކުރެވޭ ފަރާތްތައް
- ޕްރޮގްރާމްގެ ބައިވެރިންގެ އަދަދު
- ޕްރޮގްރާމް ގެންދަން ބޭނުންވާ ތާރީޚާއި ގަޑި
- އީމެއިލް ލިބުމުން ނާދީގެ މެންބަރުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތާވަލާއި އަދިވެސް ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހާއި 5 ދުވަހުގެ ތެރޭގައި އެފަރާތަކަށް ޖަވާބުދެވޭނެ.
ނާދީއާއި ގުޅިގެން އިސްރަށްވެހިންނަށް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް
- ސަރުކާރުގެ އެކިއެކި އިދާރާތާކައި މިނިސްޓްރީއިން މަސައްކަތްކުރާ އެކިއެކި ޖަމްޢިއްޔާތަކުން އިސްރަށްވެހިންނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދަން ޝައުޤުވެރި ވާނަމަ އެކަން ބަޔާންކޮށް އީމެއިލް naadhee.male@msfd.gov.mv މެދުވެރިކޮށް ނާދީއަށް ހުށަހެޅޭނެ.
- އީމެއިލް ލިބުމުން އިތުރު މަޢުލޫމާތު ނުވަތަ ތަފްޞީލް ބެލުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހާއި 5 ދުވަހުގެ ތެރޭގައި އެފަރާތަކަށް ޖަވާބުދެވޭނެ.
އިސްރަށްވެހިންނަށް ބޭނުންވާ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން
- ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅިގެން އިސްރަށްވެހިންނަށް އިޖުތިމާޢީ އެހީތެރިކަމެއް ބޭނުންވާނަމަ، ނާދީއަށް ޙާޟިރުވެ ނުވަތަ ނާދީއަށް ގުޅައިގެން އެ އެހީތެރިކަމަކަށް އެދުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ. (މިސާލަކަށް ޚިދުމަތަކަށް އެދެން ބޭނުންވާ ފޯމު ފުރުމުގެ އެހީތެރިކަން)
- މިގޮތަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 14:00 އަށް.
އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ)
އިޖުތިމާޢީ ބަދަހި މަދަދު ވެރިން
- މުޖުތަމަޢުގައި ދިރިއުޅޭ އަންހެނުންނާއި، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި، އެ ފަރާތްތަކުގެ ޢާއިލާތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ގްރޫޕްތައް އެކުލަވާލަމުން ގެންދެވޭ.
- މި ގްރޫޕްތައް އެކުލެވިގެން ވަނީ، އެރަށެއްގެ ކައުންސިލް، ޞިއްޙީ، ތަޢުލީމީ، ޕޮލިސް، އަދި އިޖުތިމާޢީ ދާއިރާގެ މެމްބަރުން ހިމެނޭހެން. މި ގްރޫޕްގެ މަސައްކަތްތައް، މިދާއިރާތަކުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެވޭނެ.
- މިގޮތުން އިޖުތިމާޢީ ބަދަހި މަދަދުވެރިން އެކުލަވާލެވިފައިވާ އަތޮޅުތަކަށް ޚާއްޞަކޮށް ފޯކަލްޕޮއިންޓެއް ވުޒާރާގައި ކަނޑައެޅި، ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިބަމަ މެމްބަރުންނަށް ބޭނުންވާ ފަންނީ ލަފާ ލިދުން، މިފޯކަލް ޕޮއިންޓްގެ ޒިންމާއެއް ގޮތުގައި ކަނޑައެޅިފައިވޭ. އަދި އިބަމަ މެމްބަރުންގެ މަސައްކަތަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތްވެސް މި ފޯކަލްޕޮއިންޓް މެދުވެރިކޮށް ކޮށްދެވޭނެ.
- އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުޅާކުރުމަށް އިބަމަ ގްރޫޕްތައް ތަމްރީނުކޮށް ޢާއްމުންނަށް މިފަދަ ގްރޫޕް ތަކުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް މިވުޒާރާއިން ކުރިއަށް ގެންދެވޭނެ.
ރަށްރަށުގައި އުފައްދާފައިވާ އިބަމަ ގްރޫޕްތަކުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ހުށަހެޅުމާއި އިޖާބަ ދިނުން
- ޢާއްމު ފަރާތަކުން އެހީތެރިކަމަށް އެދި ސިޓީ ކައުންސިލް، ރަށު ކައުންސިލް އިދާރާއަށް ހުށަހެޅޭނެ. އަދި ރަށްރަށުގައި އުފެދިފައިވާ އިބަމަ ގްރޫޕްތަކުގެ މެމްބަރުންނާއި ހިއްސާކޮށްގެންވެސް ހުށަހެޅޭނެ.
- މި ގްރޫޕްގައި ހިމެނޭ މެމްބަރަކަށް މިފަދަ އެއްވެސް ކަމެއް ހުށަހަޅައިފިނަމަ އެކަމެއް އެ އަތޮޅުގެ އިބަމަ ފޯކަލް ޕޮއިންޓަށް ގެންދެވޭނެ.
- އިބަމަ ގްރޫޕަށް، ޢާއްމު ފަރާތްތަކުން ހުށަހަޅާ ކަންކަމަށް އިޖާބަ ދިނުމުގެ މަސައްކަތް އެފަރާތެއް ނިސްބަތްވާ ރަށުގެ އިބަމަ ގްރޫޕުން ކުރިއަށް ގެންދާނެ.
- މީގެ އިތުރުން ވުޒާރާގެ ހޮޓްލައިން 1433 އަށް ގުޅައިގެން އަދި info@msfd.gov.mv އަށް އީމެއިލް ކޮށްގެންވެސް މިފަދަ ކަންކަން ހުށަހެޅޭނެ. މިގޮތުން:
- ވުޒާރާއަށް މިފަދަ ކަމެއް ހުށަހެޅޭތާ ރަސްމީ 03 ދުވަސްތެރޭގައި އެކަމެއް ނިސްބަތްވާ ރަށެއްގެ އިބަމަ ގްރޫޕާއި ހިއްސާ ކުރެވޭނެ. އަދި އެކަމަކީ ދިގު ދެމިގެންދާ ގޮތަށް އިބަމައިން މަސައްކަތް ކުރަންޖެހޭ ފަދަ ހާލަތެއް އޮތް ކަމެއް ނަމަ، ވުޒާރާގެ ފަރާތުން އެ އަތޮޅަކަށް ޚާއްޞަކޮށްފައިވާ ފޯކަލް ޕޮއިންޓް މެދުވެރިކޮށް އެކަމާ ގުޅޭ އަދާހަމަ ގަވާއިދުން ހޯދައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދެވޭނެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުން
ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓަރ ކުރުމަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުން
- ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ "ފޮސްޓަރިން އެޕްލިކޭޝަން ފޯމް" އަދި ފޮސްޓަރިންއަށް އެދި ހުށަހަޅާ ފަރާތުގެ "މެޑިކަލް ފޯމް" ވުޒާރާގެ ވެބްސައިޓް http://msfd.gov.mv އަދި މިވުޒާރާގެ ކައުންޓަރުން ލިބެން ހުންނާނެ. މި ފޯމް ވުޒާރާގެ އީމެއިލް info@msfd.gov.mv އަދި ވުޒާރާގެ ރިސެޕްޝަނުން ބަލައިގަންނާނެ.
- ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ފޮސްޓަރ ކުރުމަށް އެދި ހުށަހަޅާ ފޯމް ލިބުމާއެކު، ފޯމްގައިވާ މަޢުލޫމާތު އަދި މެޑިކަލް ފޯމް ގައިވާ މަޢުލޫމާތު ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށްފަހު މަޢުލޫމާތު ފުރިހަމަ ނުވާ ފޯމް ހުށަހަޅާފައިވާ ފަރާތަށް މަޢުލޫމާތު ފުރިހަމަ ކުރުމަށް އިތުރު ފުރުޞަތު ދެވޭނެ.
- މަޢުލޫމާތު ފުރިހަމަވާ ފޯމްތަކުގެ މަޢުލޫމާތު "ފޮސްޓަރ ޕޭރަންޓް ރަޖިސްޓްރީ" އަށް އެންޓަރ ކުރެވި، ފޮސްޓަރިންގ އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަށް ގުޅާ، ފޮސްޓަރިންގ ޕްރޮސެސް ކުރިއަށް ދާނެގޮތުގެ މަޢުލޫމާތު ފޯރުކޮށްދޭވޭނެ.
- މަޢުލޫމާތު ފުރިހަމަކޮށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށްޓަކައި އަންނަނިވި އިދާރާތަކުން އެފަރާތުގެ ކުށުގެ ރެކޯޑް ސާފުކުރެވޭނެ:
- ދިވެހި ފުލުހުންގެ ޚިދުމަތް
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
- ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
- ވުޒާރާގައި ރެކޯޑެއް އޮތްތޯ ބެލުމަށް- ވުޒާރާގެ ކޭސް ޓްރެކިންގ ސިސްޓަމް ތެރެއިން ކުށުގެ ރެކޯޑް ސާފުކުރެވޭނެ.
- ކުށުގެ ރެކޯޑް ސާފުކޮށް ނިމުމުން ގަވާއިދު ނަންބަރު: 2024/R-17 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު) ގެ 10 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ޝަރުޠު ހަމަވާނަމަ، އެފަރާތެއްގެ ޢާއިލާގެ އެސެސްމަންޓް (ޢާއިލީ ގުޅުންތައް ދެނެގަތުމަށް) ހެދުމުގެ މަސައްކަތް ތިރީގައި ބަޔާންކުރެވިފައިވާ މުއްދަތުތަކުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ:
- މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް: ރަސްމީ 14 ދުވަހުގެ ތެރޭގައި
- އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތައް: 01 މަސް ދުވަހުގެ ތެރޭގައި
- ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތައް: 02 މަސް ދުވަހުގެ ތެރޭގައި
- ޝަރުތު ފުރިހަމަނުވާ ފަރާތްތަކަށް ލިޔުމުން އެކަން ރަސްމީ 03 ދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް އެންގޭނެ.
- ޤާނޫނީ ބެލެނިވެރިކަން ހޯދުމާއެކު ދާއިމީކޮށް ކުދިން ބެލުމަށް ހުށަހަޅާ އެޕްލިކޭޝަން ތަކަށް ގޮތް ނިންމާނީ ފޮސްޓަރ ޕެނަލްއިން. އަދި ފޮސްޓަރ ޕެނަލްގެ ނިންމުން ނިމޭތާ ރަސްމީ 03 ދުވަހުގެ ތެރޭގައި ލިޔުމުން ހިއްސާ ކުރެވޭނެ.
- ވަގުތީގޮތުން ކުދިން ފޮސްޓަރކޮށް ބެލުމަށް ހުށަހެޅޭ އެޕްލިކޭޝަން ތަކުގައި، އެފަރާތާއި ކުއްޖަކު ހަވާލު ކުރުމަށް ފެނޭތޯ، ފެމިލީ އެސެސްމަންޓް ހެދުމަށްފަހު، ވުޒާރާގެ 3 ބޭފުޅުން ހިމެނޭ ޓީމެއްގެ މަޝްވަރާއާއި އެކު ގޮތެއް ނިންމޭނެ.
- މިޓީމުގެ މަޝްވަރާ ނިމުމުން ރަސްމީ 03 ދުވަހުގެ ތެރޭގައި ފޮސްޓަރ ކުރަން އެދި ހުށަހަޅާ ފަރާތަށް ލިޔުމުން ހިއްސާ ކުރެވޭނެ.
ފޮސްޓަރ ޕޭރަންޓް ވެއިޓް ލިސްޓް ކުރުން (ހުށަހަޅާ ފަރާތްތައް ތަރުތީބު ކުރުން)
- ފޮސްޓަރ ޕެނަލްއިން ކުއްޖަކު ހަވާލު ކުރުމަށް ފެންނަކަމަށް ނިންމުމުން ފޯމް ހުށަހެޅި ތަރުތީބުން ފޮސްޓަރ ޕޭރަންޓް ވެއިޓް ލިސްޓްގައި ހިމެނިގެންދާނެ.
ކުއްޖާއާ ފޮސްޓަރ ޕޭރަންޓްއާ މެޗްކުރުން (ފޮސްޓަރ ކުރާ ބެލެނިވެރިޔާއާއި ކުއްޖާ ގުޅުވައި ދިނުން)
- ފޮސްޓަރ ޕޭރަންޓާއި ކުއްޖާއާއި މެޗް ކުރުމަށް ކުއްޖާގެ ހާލަތާއި ބޭނުންތަކަށް ރިޢާޔަތްކޮށް، އެންމެ އެދެވޭގޮތެއްގައި ފޮސްޓަރ ޕޭރަންޓިން ކުއްޖާއަށް ފޯރުކޮށްދެވިދާނެ ތޯ ބެލުމަށް ކުއްޖާގެ މަސްލަހަތު އަންގައިދޭ ރިޕޯޓް ތައްޔާރު ކުރުމަށްފަހު ގަވާއިދު ނަންބަރު: 2024/R-17 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރ ކުރުމާބެހޭ ގަވާއިދު) ގެ 27 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ މަރުހަލާ ފުރިހަމަ ކުރެވޭނެ.
ކުއްޖާ ފޮސްޓަރކުރުމުގެ އަމުރަކަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން އަދި ކޯޓު މަރުހަލާ
- ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ފޮސްޓަރކުރަން އެދި ހުށަހަޅާފައިވާ ފަރާތަކާއި މެޗްކުރެވި، ކުއްޖާ ހަވާލުކުރާނެ ފަރާތެއް ނިންމުމުން، ކަމާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތަކާއެކު ކުއްޖާ ފޮސްޓަރ ކުރުމުގެ އަމުރަކަށް އެދުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހެޅުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ.
- ލިޔެކިޔުންތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްފަހު، މައްސަލައާ ގުޅިގެން ލިބޭ އަދާހަމަ މަޢުލޫމާތު ގަވާއިދުން ފޮސްޓަރ ޕޭރަންޓް ހިއްސާ ކުރެވޭނެ.
ކުއްޖާ ފޮސްޓަރކުރާ ފަރާތާއި ހަވާލު ކުރުން
- ކުއްޖާ ފޮސްޓަރ ކުރުމުގެ އަމުރު ލިބުމުން، ފޮސްޓަރ ޕޭރަންޓްއާއި ކުއްޖާއާ ގުޅުން ބަދަހިކޮށް ކުއްޖާ ހަވާލުކުރުމުގެ މަރުހަލާ ގަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދެވޭނެ.
މިންތީގެ ހަމަހަމަކަން ގާއިމުކުރުން
ރެހެންދި އެވޯޑަށް ފޯމު ހުށަހެޅުން
ރެހެންދި އެވޯޑަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތުގެ އަގު، އަހަރަކު އެއްފަހަރު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދޭ ޚާއްޞަ އެވޯޑެއް.
ރެހެންދި އެވޯޑް ދެވޭ ދާއިރާތައް
- ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާތައް:
- ލީޑަރޝިޕް އަދި ގަވަރނަންސް
- އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުވުން
- އިޖްތިމާޢީ ގޮތުން ބާރުވެރި ކުރުވުން
- އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް"
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ ރެހެންދި އެވޯޑަށް އެދި ހުށަހަޅާނެ ގޮތް:
- ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށްފަހު، އެޕްލިކޭޝަން ފޯމުގައިވާ ރެހެންދި އެވޯޑު ޗެކްލިސްޓްގައިވާ ހުރިހާ ލިޔެކިޔުމެއް ހުށަހަޅަންވާނެ.
- މި އެވޯޑަށް އަމިއްލައަށްވެސް ނަން ހުށަހެޅޭނެ. އަދި އެހެން ފަރާތްތައް ނޮމިނޭޓް ކުރުމުގެ (އެހެންފަރާތެއްގެ ނަން ހުށަހެޅުމުގެ) ފުރުޞަތުވެސް އޮންނާނެ.
- ރަޖިސްޓްރީ ކުރެވިފައިވާ ޖަމުޢިއްޔާއެއް ނަމަ އެވޯޑަށް ނަން ހުށަހަޅަން ޖެހޭނީ އެޖަމުޢިއްޔާ އަކުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް ނަމަ އަމިއްލައަށް ނުވަތަ ބެލެނިވެރި ކައުންސިލަކުން ނަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ.
ރެހެންދި އެވޯޑަށް އެދި ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން
- އެންމެ ގުޅޭ ދާއިރާއަކުން ފޯމު ހުށަހެޅުން.
- ހަމައެކަނި 1 (އެކެއް) ދާއިރާއަކަށް ނަން ހުށަހެޅުން.
- ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށް، ފޯމާއެކު ހުށަހެޅުން.
ފޯމު ހުށަހަޅަން ޖެހޭގޮތް
- ރެހެންދި އެވޯޑަށް އެދި ހުށަހެޅުމަށް ޢާއްމުކޮށް ފުރުޞަތު ހުޅުވާލައި ކުރެވޭ އިޢުލާނުގައިވާ މުއްދަތުގެ ތެރޭގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އީމެއިލް އެޑްރެސް rehendhiawards@msfd.gov.mv އަށް ނުވަތަ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާ މެންދުރުފަހު 2:00 ގެ ދެމެދުގައި ވުޒާރާގެ (އުމަރު ޒާހިރު އޮފީސް އިމާރާތް، އޯކިޑުމާ ހިނގުން، ހުޅުމާލެ) ކައުންޓަރަށް ފޯމު ހުށަހެޅޭނެ.
- އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު ތަކުންވެސް ފޯމު ބަލައިގަންނާނެ.
ފޯމު ހުށަހަޅަންޖެހޭ ސުންގަޑި
- ކޮންމެ އަހަރަކުވެސް ރެހެންދި އެވޯޑަށް ނަން ހުށަހެޅުމަށް ކުރެވޭ އިޢުލާނުގައި ކަނޑައަޅާފައިވާ ސުންގަނޑި.
ފޯމުތައް ލިބުމަށްފަހު މަސައްކަތް ކުރިއަށްދާނެ ގޮތް
- ސުންގަޑިއާ ހަމައަށް ލިބިފައިވާ ފޯމުތައް ބަލައި ތަރުތީބު ކުރުމަށްފަހު ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅޭނެ.
- ކޮމިޓީގެ ފަރާތުން ފޯމުތައް ބެލުމަށްފަހު ކަނޑައެޅިފައިވާ މިންގަނޑުން މަރކްސް ދެވޭނެ.
- މަރކްސް ދިނުމަށްފަހު ވަކި އިންސައްތައަކަށް ވުރެ މަތިން މަރކްސް ލިބޭ ފަރާތްތަކަށް އިންޓަރވިއު މަރުހަލާގައި ބައިވެރިވުމަށް ގުޅާނެ.
- އިންޓަރވިއު މަރުހަލާގައި ލިބޭ މަރކްސް އާއި އެޕްލިކޭޝަން އިން ލިބޭ މަރކްސް އެއްކޮށްލުމަށްފަހު ޖުމްލަ ލިބޭ މަރކްސް އިން ވަކި ވަރަކަށްވުރެ މަތި ވުމުން ރެހެންދި އެވޯޑު ލިބޭ ފަރާތެއްކަމަށް ކަނޑައެޅޭނެ.
- ރެހެންދި އެވޯޑު ލިބޭ ފަރާތްތައް އެނގުމުން ރެހެންދި އެވޯޑަށް ހުށަހަޅާއި އެވޯޑު ނުލިބޭ ފަރާތްތަކަށް އެފަރާތްތަކަށް އެވޯޑު ނުލިބުނު ސަބަބު ބަޔާންކޮށް ސިޓީއެއް ފޮނުވޭނެ.
"ފަށާ މަދަދު" ލޯން ސްކީމް
"ފަށާ މަދަދު" ލޯނަކީ، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި އިޖުތިމަޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން، ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެކުލަވާލެވުނު ލޯނެއް. މިލޯނުގެ މަޤުޞަދަކީ، ކޮންވެންޝަނަލް ބޭންކިންގ ސިސްޓަމްތަކުން ބާކީވެފައިވާ އަންހެން ވިޔަފާރިވެރިންނަށް ލުއި ފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
ފުރަތަމަ ފިޔަވަހި ލޯނު ދޫކުރެވޭ ދާއިރާތައް
ފަށާ މަދަދު ލޯނު 2 ހުރިހާ ދާއިރާއަކަށް (އަލަށް ފަށާ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ހަރަކާތްތައް އިސްތިސްނާވާނެ):
- ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތައް
- ކެފޭ އަދި ރެސްޓޯރަންޓް ވިޔަފާރިތައް
- ކޭޓަރިން ޚިދުމަތްދޭ ވިޔަފާރީތައް
- ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ވިޔަފާރިތައް
- މާލޭ ސަރަހައްދުގައި އަލަށް ފަށާ ތެލުގެ ވިޔަފާރިތައް ފެސިލިޓީގެ މައިގަނޑު ބައިތައް 500,000.00 ރުފިޔާއާއި ހަމައަށް ފައިސާ ދޫކުރެވޭނެ.
- އިންޓްރަސްޓްގެ ގޮތުގައި އަހަރަކު %6 ދައްކަންޖެހޭނެ.
- ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 7 އަހަރު ދެވޭނެ. (ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 12 މަސްދުވަސް ހިމެނޭގޮތަށް)
- ރަހުނު ހުށަހަޅަން ނުޖެހޭ މި ލޯނު އަމާޒު ކުރެވިފައި ވަނީ އަލަށް ފަށާ ވިޔަފާރި ތަކަށާއި، ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން އަހަރީ އާމްދަނީ 1.0 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ ވިޔަފާރިތަކަށް.
ދެވަނަ ފިޔަވަހި އަދި އިތުރު ފިޔަވަހިތައް
- ދެވަނަ އަދި އިތުރު ފިޔަވަހިތަކަށް ކޮންމެ އަހަރަކުވެސް އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން އިޢުލާން ކުރުމުން އެސް.ޑީ.އެފް.ސީ ވެބްސައިޓް މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅޭނެ https://sdfc.mv/
ވުޒާރާގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅާ ޝަކުވާތަކަށް ޖަވާބުދާރީވުން
- ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅިގެން ޝަކުވާ ހުށަހެޅޭނެ ގޮތްތައް:
- ވުޒާރާގެ ހޮޓްލައިން ނަންބަރު 1433 އަށް ގުޅައިގެން
- ވުޒާރާގެ އީމެއިލް އެޑްރެސްއަށް އީމެއިލްގެ ޒަރީއާއިން
- ވުޒާރާގެ ވެބްސައިޓްގައި އާންމު ކުރެވިފައިވާ އޮންލައިން ޝަކުވާ ފޯމު މެދުވެރިކޮށް އަދި
- ވުޒާރާއަށް ވަޑައިގެން ޝަކުވާ ހުށަހެޅޭނެ
- ޝަކުވާ ހުށަހެޅޭތާ ރަސްމީ 03 ދުވަސް ތެރޭ ވަގުތީ ޖަވާބެއް ދެވޭނެ. އަދި ޝަކުވާގެ ކަންކަން ނިމެންދެން ކަން ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ޝަކުވާ ހުށަހެޅި ފަރާތާއި ޙިއްސާ ކުރެވޭނެ.
ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން
ޚިޔާލާއި، ފާޑުކިޔުން ހުށަހެޅުން
ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ޚިދުމަތް ހޯދާފަރާތްތަކުގެ ޚިޔާލާއި ފާޑުކިޔުންތައް ފައިދާހުރި ގޮތެއްގައި ހުށަހެޅުމަށްޓަކައި، ތައްޔާރު ކުރެވިފައިވާ ކިއު އާރު ކޯޑްތައް ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ އިދާރާ ތަކުގައި ބެހެއްޓިފައިވާނެ. އަދި ވުޒާރާގެ ވެބްސައިޓާއި ސޯޝަލްމީޑިއާ ޕްލެޓް ފޯމް މެދުވެރިކޮށް މި ކިއުއާރު ކޯޑްތައް ބޭނުންކޮށްގެން ފީޑްބެކް (ޚިދުމަތާ މެދު ދެކޭގޮތް ހާމަކުރުން) ދެވޭނެ.
މިނިސްޓްރީއަށް ގުޅާ ފަރާތްތަކުގެ ޚިޔާލު ހޯދުން
މިނިސްޓްރީއަށް ޚިދުމަތް ހޯދުމަށް ގުޅާ ފަރާތްތަކުގެ ތެރެއިން (ރެންޑަމްކޮށް) ހޮވާލެވޭ ފަރާތްތަކަށް ގުޅައި، މިނިސްޓްރީގެ ޚިދުމަތް ލިބުނު ގޮތާއި މެދު ސުވާލުކޮށް، އެފަރާތުން މިނިސްޓްރީއާއި މެދު ދެކޭ ގޮތް ބަލައި، ހުށަހަޅާ ހިޔާލުތަކަށް، މިނިސްޓްރީން މަރުހަބާ ކިޔާނެ.
މިނިސްޓްރީން ޚިދުމަތް ހޯދަން ގުޅާ ފަރާތްތަކުގެ ތެރެއިން ފޯނުން ނުގުޅި ކޯލް މިސްވާ ފަރާތްތަކަށް ގުޅުން
މިނިސްޓްރީން ޚިދުމަތް ހޯދަން ގުޅާ ފަރާތްތަކުގެ ތެރެއިން ފޯނުން ނުގުޅި ކޯލް މިސްވާ ފަރާތްތަކަށް މިނިސްޓްރީން ގުޅައި، އެފަރާތަކާއި ހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވޭނެ.
ވުޒާރާގެ ޑިވިޜަން، ޑިޕާރޓްމަންޓްތަކާއި، މަސްއޫލިއްޔަތުތައް
އެޑްމިނިސްޓްރޭޝަން ޑިވިޜަން އަދި ފްރަންޓް އޮފީސް (admin@msfd.gov.mv)
ހިނިތުންވުމާއެކު ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަރްޙަބާ ކިޔުމާއި، މެހުމާންދާރީ އަދާކުރުމާއި، ވުޒާގެ ފުރަންޓް އޮފީހާއި ކޯލް ސެންޓަރުގެ ޚިދުމަތް ދުވަހުން ދުވަހަށް އޮމާންކަމާއެކު ރަނގަޅަށް ހިންގުމާއި، ވުޒާރާގެ އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމާއި، ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް އޮފީހުގެ އެންޓްރީ މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި، ސްޓޮކާއި އިންވެންޓްރީ، ލޮޖިސްޓިކްސްއާއި، ނީލަން ކިޔުމާއި އަދި ވުޒާރާގެ ޔައުމިއްޔާއާއި، އަހަރީ ރިޕޯރޓްފަދަ މުހިއްމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އަރުޝީފު ކުރަންޖެހޭ ރެކޯޑްތައް ބެލެހެއްޓުމާއި، ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ އެންމެހާ ތަންތަނުގެ އިދާރީ އެކިއެކި މަސައްކަތްތަކަށް އެހީތެރިވުމުގެ މަސައްކަތް ބަލެހެއްޓުން.
ހިއުމަން ރިސޯސް ޑިވިޜަން (hr@msfd.gov.mv)
މުވައްޒަފުން ރެކްރޫޓް ކުރުމާއި، ތަމްރީނު ކުރުމާއި، ޕާފޯމަންސް މެނޭޖްކުރުމާއި، ޝައުގުވެރި ކުރުމާއި، މުވައްޒަފުން ބިނާކުރުމާއި، ގުޅުން ބަދަހި ކުރުމާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ހެޔޮ އަދި އުފެއްދުންތެރި މަސައްކަތުގެ މާހައުލެއް ޤާއިމު ކުރުމާއި، ޤާނޫނާއި ގަވާއިދާއި އެއްގޮތަށް މުވައްޒަފުންނާއި ގުޅޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން.
އެކައުންޓްސް އެންޑް ފައިނޭންސް ޑިވިޜަން (finance@msfd.gov.mv)
ދައުލަތުގެ މާލީ ސިޔާސަތު ތަންފީޒުކޮށް ބެލެހެއްޓުމާއި، ފައިސާގެ އެންމެހާ މުޢާމަލާތު ހިންގާ ބެލެހެއްޓުމާއި، މާލީ ބަޔާން ހުށަހެޅުމާއި، އޮޑިޓާއި ގުޅިގެން ހުށަހެޅޭ ކަންތައްތަކަށް ޖަވާބުދާރީވުމާއި ބިލްތަކަށް ފައިސާ ދެއްކުމާއި ފައިސާ ބަލައިގަތުމާއި، ކޭޝްފްލޯ ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރު ކުރުމާއި، ޚަރަދާއި، އެކައުންޓިންގ ބެލެހެއްޓުމާއި، ފައިނޭންޝަލް މެނޭޖްމަންޓް ގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް.
ޕްރޮކިއުމަންޓް ސެކްޝަން (procurement@msfd.gov.mv)
ވުޒާރާއަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމާއި، ޕްރޮކިއުމަންޓް ނިޒާމުގެ އެންމެހޭ ކަންކަން ބެލެހެއްޓުމާއި، ވެންޑަރ ރަޖިސްޓްރޭޝަންއާއި، ބިޑް މަރުހަލާތައް ކުރިޔަށް ގެންދިއުމާއި، މަސައްކަތް ހަވާލުކުރުމާއި ގުޅޭ ކޮންޓްރެކްޓްތައް ތައްޔާރުކުމާއި، ޕްރޮކިއުމަންޓް ސްޓްރެޓެޖީތަކާއި ޕޮލިސީތައް އެކުލަވާލައި ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
އިންފޮރމޭޝަން ޓެކްނޮލޮޖީ ސެކްޝަން (it@msfd.gov.mv)
ވުޒާރާގެ މަސައްކަތް ޑިޖިޓަލައިޖް ކުރުމަށް، ޒަމާނީ އާ ޓެކްނޮލޮޖީތައް ތަޢާރަފްކޮށް ތަންފީޒު ކުރުމާއި، މުވައްޒަފުންނަށް ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި، ޑޭޓާ މެނޭޖްމަންޓް، ހާޑްވެއާ، ސޮފްޓްވެއާ، ނެޓްވޯކް، އަދި ޑޭޓާ ސްޓޯރޭޖް ބެލެހެއްޓުމާއި، ވުޒާރާގެ ވެބްސައިޓް އަދި އެޕްލިކޭޝަން ޑިވެލޮޕްމަންޓް، ފަދަ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
ޕޮލިސީ ޑިޕާޓްމަންޓް (policy@msfd.gov.mv)
ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ އިދާރާތަކުގެ މެންޑޭޓްގައި ހިމެނޭ މަސައްކަތްތައް ހިންގުމަށް ސިޔާސަތުތަކާއި، ޕްލޭންތަކާއި، މަޝްރޫއުތަކާއި، އުޞޫލުތައް އެކުލަވާލުމުގެ އެންމެހާ މަސައްކަތާއި، ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލުމާއި ދާއިރާއާއި ގުޅުންހުރި ރިސާރޗް ހެދުމާއި، ތަފާސް ހިސާބު އެއްކުރުމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓް (gender@msfd.gov.mv)
ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އިކުއަލިޓީގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރުމާއި ޖެންޑަރ ޕާސްޕެކްޓިވްސް ޕޮލިސީތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތައް މެއިންސްޓްރީމް ކޮށްގެން ޖެންޑަރ ބޭސްޑް އިންއިކުއަލިޓީސް ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ހިންގާ ބެލެހެއްޓުމާއި، މުޖުތަމަޢުގައި އަންހެނުން ބާރުވެރި ކުރުމަށާއި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ސަރުކާރުގެ އިދާރާތާކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ރާއްޖޭން ބޭރުގެ އެކިއެކި ފަރާތްތަކާއި އެކު ގުޅިގެން މަސައްކަތް ކުރުން.
ސޯޝަލް ސަރވިސް ޑިޕާރޓްމަންޓް (ssd@msfd.gov.mv)
- ވުޒާރާއަށް ހުށަހެޅޭ ކުޑަކުދިންނާއި އަންހެނުންނާއި، ޢާއިލީ މައްސަލަތަކާއި، ގެވެށިއަނިޔާގެ މައްސަލަތަކާއި، ދޮށީ އުމުރުގެ މީހުންގެ މައްސަލަތަކުގައި އިޖްތިމާޢި އެހީތެރިކަން ފޯރުކޮށްދިނުމާއި، ސައިކޮ-ސޯޝަލް ސަޕޯޓް ފޯރުކޮށް ދިނުމާއި،
- އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ އުމުރުން 65 އަހަރު ނުވާ ފަރާތްތަކާއި ގުޅޭގޮތުން ހުށެހެޅޭ މައްސަލަތަކުގައި އެފަރާތްތަކާއި އެކު މަސައްކަތް ކުރުމާއި،
- ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަން ގެންނަން ޖެހޭ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އަދި މިފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މުއްދަތުގައި ކުރަންޖެހޭ އެންމެހައި ވޭދަނާގެ މަސައްކަތްތައް ކުރުމާއި،
- ޢާއިލީ ނަޒަރަކުން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތާއި އެފަރާތުގެ އާއިލާ އާއި ގުޅިގެން މުޅިޢާއިލާއަށް ނަޒަރު ހިންގައި، ހާލަތު ރަނގަޅުކޮށް ވަށައިޖެހޭ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމާއި،
- ކުޑަކުދިންގެ މައްސަލަތަކުގައި އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި މަސްލަޙަތު ހިމާޔަތްކޮށް ޙައްޤުތައް ކަށަވަރު ކުރުމަށް ކުރެވޭ ވޭދަނާއިގެ މަސައްކަތުގައި، ޢާއިލާގެ ބައިވަރިވުމާއި، ޢާއިލާގެ ޙާލަތު ރަނގަޅުކޮށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށް މަސައްކަތްކުރުމައި،
- ދައުލަތު ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް، ދައުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހޭ ކުދިންނަށް އެރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް (media@msfd.gov.mv)
ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތާއި، ވުޒާރާގެ މަސައްކަތާއި ގުޅުންހުރި މަޢުލޫމާތު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
އިންޓަރނޭޝަނަލް ރިލޭޝަން ޔުނިޓް (ir@msfd.gov.mv)
- ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ގައުމުތަކާއި ބޭރުގެ އެކި ފަރާތްތަކާއި އެކު ކުރެވޭ އެންމެހާ މަސައްކަތްތައް ވިލިރެސްކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި،
- ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކާއި ގުޅިގެން ވުޒާރާގެ މެންޑޭޓާއި ގުޅޭ މުޢާހަދާތަކަށް އެކުލަވާލަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމާއި.
- ބައިނަލްއަޤްވާމީ ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުންތަކާއި އެހީދޭ ޖަމާޢަތްތަކާއި އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރަންޖޭ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
ލީގަލް ޑިވިޜަން (legal@msfd.gov.mv)
ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ އިދާރާތައް ހިންގުމުގެ މަސައްކަތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި، ޤާނޫނީ ކަރުދާސްތައް ތައްޔާރު ކުރުމުގެ އިތުރުން ވުޒާރާއަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ޤާނޫނީ މަސައްކަތް ހިންގާ ބެލެހެއްޓުން.
އޮޑިޓް އެންޑް ކޮމްޕްލައަންސް (audit@msfd.gov.mv)
- ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ އިދާރާތަކުގެ ރިސްކް މެނޭޖްމަންޓާއި، ވުޒާރާއާއި ވުޒާރާގެދަށުން ހިނގާ އިދާރާ ތަކުން ފޯރުކޮށްދޭ ޚިދުމަތާއި ގުޅިގެން ގަވާއިދުތަކަށް ތަބާވާ މިންވަރާއި ފެންވަރު ބަލައި ވަޒަންކުރުމާއި،
- މާލީ މުޢާމަލާތުގެ ކަންކަން ހިންގަމުންދަނީ ޤާނޫނާއި ގަވާއިދާއި އެއްގޮތަށްކަން ކަށަވަރު ކުރުމާއި، ވުޒާރާގެ މާލީ ރިޕޯޓްތަކުގެ ޞައްޙަކަން ޔާޤީން ކުރުމާއި،
- ވުޒާރާގެ ޑިޕާރޓްމަންޓް ތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރާއި ޚިދުމަތުގެ ސައްހަކަން ކަށަވަރު ކުރުމަށް ރިސްކްތައް ދަނެގަނެ ހަދަންޖެހޭ އޮޑިޓްތައް ހެދުމާއި،
- އޮޑިޓް ރިޕޯޓްތައް އުފެއްދުމާއި، ވުޒާރާގެ މަސައްކަތްތަކަށް ފާރަވެރިވާ މުވައްސަސާތަކުން ކުރިއަށްގެންދާ މޮނިޓަރިންގ ތަކުގައި ފާހަގަކުރާ ކަންކަން ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
އެލްޑަރލީ ޑިވިޜަން (elderly@msfd.gov.mv)
އުމުރުން ދުވަސްވީ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމާއި އެފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ އިތުރުން އެފަރާތްތައް ބާރުވެރިކުރުވައި މުޖުތަމަޢުގައި އެފަރާތްތަކައް އެހެން ފަރުދުންނެކޭ އެއްފަދައިން އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.
ޕްރިވެންޝަން ޑިވިޜަން (prevention@msfd.gov.mv)
ކުޑަކުދިންނާއި، އަންހެނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި، ގެވެށިއަނިޔާގެ މައްސަލަތަކާއި، ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ވުޒާރާއިން ކަށަވަރު ކުރަންޖެހޭ އިޖްތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ވިއުގަތައް ގާއިމުކުރުމާއި، އެފަރާތްތައް ތަމްރީނުކުރުމާއި، އިޖްތިމާޢީ މައްސަލަތަކަށް ރައްޔިތުން އަހުލުވެރިކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން.
ޑިސްއެބިލިޓީ ޑިވިޜަން (disability@msfd.gov.mv)
- ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި އެފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމާއި، އެފަރާތްތައް ބާރުވެރި ކުރުވައި މުޖުތަމަޢުގައި އާންމު އެހެން ފަރުދުންނެކޭ އެއްފަދައިން އުޅުމަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި،
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމާއި، ވަޒީފާ އަދި ހުނަރު ތަރައްޤީ ކުރުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ގުޅުންހުރި ދާއިރާތަކާއި އެކު މަސައްކަތް ކުރުމާއި، މިކަންކަމަށް ވަކާލާތުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
ސްޓޭޓްކެއަރ ސަރވިސަސް ޑިވިޜަން (state@msfd.gov.mv)
- ވުޒާރާގެ ބެލެހެއްޓުމުގެ ދަށުން މާލެ އާއި އަތޮޅުތަކުގައި ހިންގާ އިދާރާތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ވަގުތީ ގޮތުން ކުދިންނާއި މީހުން ބެލެހެއްޓުމަށް ޤާއިމު ކުރެވިފައިވާ މަރުކަޒުތަކާއި ސެންޓަރުތަކުގެ އިދާރީ ހިންގުމަށް ވުޒާރާގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި ލަފާ ދިނުމާއި، އެ ސެންޓަރު އަދި މަރުކަޒުތައް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި،
- ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ހުށަހެޅޭ އިޖްތިމާޢީ މައްސަލަތަކުގައި ލަފައާއި އިރުޝާދު ދިނުމާއި، އެމައްސަލަތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި،
- ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ ކުދިންގެ އަސާސީ އެންމެހާ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން.
ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް (އެފް.ސީ.އެސް.ސީ) (fcsc@msfd.gov.mv)
- ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލާމަރުކަޒީ އުޞޫލުން މިވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ ގޮތުން ރާއްޖޭގެ 19 އަތޮޅުގައި އެފް.ސީ.އެސް.ސީ ޤާއިމު ކުރެވި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. މިގޮތުން:
- ރާއްޖޭގެ އަތޮޅު ތަކުގައި ދިރިއުޅޭ އަންހެނުންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން އެފް.ސީ.އެސް.ސީއަށް ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު މިނިސްޓްރީގެ ގުޅުން ހުރި ފަރާތްތަކާއި ކޯޑިނޭޓްކޮށް މަސައްކަތް ކުރުން.
- އިޖްތިމާޢީ މައްސަލަތަކާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކަން އިތުރު ކުރުމުގެ އިތުރުން އިޖުތިމާޢީ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ވުޒާރާގެ މެންޑޭޓްގެ ތެރެއިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
ރާއްޖޭގެ 19 އަތޮޅުގައި މި ވުޒާރާގެ ބެލުމުގެ ދަށުން ޤާއިމު ކުރެވިފައިވާ އިދާރާ ތަކުގެ ތެރެއިން:
- ހއ، ށ، ނ، ބ، ފ، ދ، ލ، އަދި ޏ، އަތޮޅުގައި ގާއިމުކޮށްފައިވާ ސެންޓަރުތަކަކީ ލާމަރުކަޒީކޮށް މިނިސްޓްރީން ދޭ ޚިދުމަތްތަކުގެ އިތުރުން މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން ބެލެއްހެއްޓުމުގެ ގޮތުން ގާއިމުކޮށްފައިވާ، 'އަމާންވެށި' ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސެންޓަރުތައް.
- ހދ، ތ، އަދި ގދ، އަތޮޅުގައި ޤާއިމުކޮށްފައިވާ ސެންޓަރުތަކަކީ، ލާމަރުކަޒީކޮށް މިނިސްޓްރީން ދޭ ޚިދުމަތްތަކުގެ އިތުރުން ގެވެށި އަނިޔާއާއި ގުޅިގެން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތާކުގައި ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ 'އަމާންހިޔާ' ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސެންޓަރުތައް.
އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތައް (naadhee.male@msfd.gov.mv)
އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކަކީ، މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރު ކުރުމަށް މަގުފަހިކޮށްދިނުމަށާއި، އިސްރަށްވެހިންނަށް އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މި ވުޒާރާގެ ބެލުމުގެ ދަށުން ޤާއިމު ކުރެވިފައިވާ މަރުކަޒުތަކެއް. މިގޮތުން މިހާތަނަށް ޤާއިމު ކުރެވިފައިވާ މަރުކަޒުތަކަކީ:
- މާލެ އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒު
- ހުޅުމާލެ އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒު
ވިލިނގިލީ އިޖުތިމާޢީ ހިދުމަތްދޭ މަރުކަޒު (info.vssc@msfd.gov.mv)
- ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ ކުދިންނާއި މީހުންގެ ތެރެއިން، ޚާއްޞަ ހާލަތްތަކުގައި ތިބޭ ފަރާތްތައް ވަގުތީގޮތުން ބެއިތިއްބުމާއި، އެފަރާތްތަކަށް ބޭނުންވާ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި،
- ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި އަތޮޅުތަކުގައި ތިބޭ ކުދިންނާއި މީހުންގެ ތެރެއިން، އެކިއެކި ކަންކަމުގައި މާލެ ގެންނަންޖެހޭ ކުދިންނާއި މީހުން، ބެއިތިއްބުމާއި، އެޚިދުމަތައް ހޯދުމުގައި އެހީތެރިވުން.
- ހުށަހެޅޭ މައްސަލަތަކުގައި ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުން.
ފިޔަވަތި (fiyavathi@msfd.gov.mv)
- ދައުލަތުގެ ރައްކާތެރިކަން ބޭނުންވާ ކުދިންގެ ތެރެއިން ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް، ޤާނޫނާއި ގަވާއިދުގެ ތެރެއިން ދަޢުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކުދިން ބެއިތިއްބުމާއި އެކުދިން ބެލެހެއްޓުން.
- ފިޔަވަތީގެ މައިގަނޑު މަސްއޫލއްޔަތަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނާއި އެއްގޮތަށް ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޙައްޤުތައް، ކަށަވަރުކޮށްދީ ބެލެހެއްޓުމާއި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ޘަޤާފަތާ އެއްގޮތްވާ ގޮތުގެ މަތިން މަރުކަޒުގައި ބަލަހައްޓާ ކުދިން ތަރުބިއްޔަތު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) (cfps@msfd.gov.mv)
- ޤާނޫނު ނަމްބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމުގެ އެންމެހާ ޒިންމާތައް ކަށަވަރުކުރުން.
- އުމުރުން 18 އަހަރު ނުފުރޭ ކުދިންނާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި، އެމައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކަމާ ގުޅުންހުރި މުއައްސަސާތަކާއި އެކު މައްސަލަތަކުގައި މަޝްވަރާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި،
- 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ދައުލަތުގެ ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ކަނޑައަޅައި، އެފަދަ ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައި ދިނުމާއި، ފޮސްޓަރިންގ މަސައްކަތްތައް ވިލަރެސް ކުރުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢާއިލާތަކަށް ހަވާލުކުރުމާއި، މުޖުތަމަޢަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.
އެގްޒެކެޓިވް ބިއުރޯ (bureau@msfd.gov.mv / psoffice@msfd.gov.mv)
- ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ވުޒާރާއާއި މަތިކުރެވިފައިވާ ޒިންމާއާއި މަސްއޫލިއްޔަތުތައް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ހިންގާ ބެލެހެއްޓުމުގައި އިޖުތިމާޢީ ރައްކާތެރިކަމާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަށް ވަޒީރު ދެއްވާ ލަފަޔާއި އިރުޝާދާއި އެއްގޮތަށް ދާއިރާގެ މަސައްކަތްތައް ބައްޓަންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި،
- ޢާއިލާތަކުގެ އިޖްތިމާޢީ ހާލަތު ވަޒަންކޮށް، މުޖުތަމަޢުގައި އުފެދޭ މައްސަލަތައް ކުޑަ ކުރުމަށް ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރު ދެއްވާ ލަފަޔާއި އިރުޝާދާއި އެއްގޮވާގޮތުގެ މަތިން ގުޅުންހުރި ފަރާތްތަކަށް އެންގުމާއި ކޯޑިނޭޓް ކުރުމުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި،
- ވުޒާރާއަށް މަތިކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް، ވުޒާރާގެ އޮނިގަނޑު ތަރުތީބު ކުރުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅައި، ތަންފީޒު ކުރުމަށް ބާރުއަޅާ އެކަންކަން ހިންގާ ނުހިނގާގޮތް ބެލުމާއި،
- ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށާއި އިޖުތިމާޢީ ޚިދުމަތްތައް ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތައް ކޯޑިނޭޓް ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުވަޅުތައް އެޅުން
- ދާއިރާގެ މުވައްޒަފުންނާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކާއި، ވުޒާރާގެ ޚިދުމަތްތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލާ، އެކަންކަމަށް އަޅަންޖޭ ފިޔަވަޅުތަކަށް އެޅުމަށް އަވަސްކުރުމަށް ބާރުއަޅައި އެކަންކަމަށް ލަފައާއި އިރުޝާދު ދިނުން ހިމެނޭ.
ވުޒާރާގައި އެކުލަވާލާފައިވާ ކައުންސިލްތައް
ޑިސްއެބިލިޓީ ކައުންސިލް
ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގައި ކަނޑައެޅި ބަޔާން ކުރެވިފައިވާ ޑިސްއެބިލިޓީ ކައުންސިލްގެ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުން.
ޗައިލްޑް ރައިޓްސް ކައުންސިލް
ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 8ވަނަ ބާބުގެ 58 ވަނަ މާއްދާ އަދި ގަވާއިދު ނަންބަރު: 2020/R-71 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ކައުންސިލުގެ ގަވާއިދު) ގެ 7 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ކައުންސިލުގެ އެންމެހާ މަސްއޫލިއްޔަތު އަދާކުރުން.


