އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މެންޑޭޓް
- އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ކަނޑައެޅުން.
- އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، މިކަން ވިލަރެސްކުރުން.
- ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހައި ދާއިރާތަކެއްގައި ޢަމަލުކުރުމަށް ކަނޑައަޅާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، މަޝްރޫޢުތަކުގައި ޖެންޑަރގެ ނަޒަރަކުން ބެލިފައިވާ މިންވަރު މޮނިޓަރކޮށް، ހުރިހައި ދާއިރާތަކަކުން މި ސިޔާސަތު ދެމެހެއްޓުމަށް ބާރުއެޅުން.
- ސަރުކާރު ހިންގުމުގެ އެންމެހައި ޕްލޭންތައް ވިލަރެސްކުރުމުގައި ޖެންޑަރ މެއިންސްޓްރީމްކޮށް އަންހެނުންނާއި ފިރިހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ ސިޔާސަތުތައް ބައްޓަންކުރުން.
- ސިޔާސީ، އިޤުތިޞާދީ، އިޖުތިމާޢީ އަދި ސަގާފީ ގޮތުން އަންހެނުން ކުރިއެރުވުމަށްޓަކައި ހުރިހާ ރޮނގަކުން އެމީހުންނަށް ބައިވެރިވެ، ނަތީޖާ ހާސިލު ކުރެވޭނެ ގޮތަކަށް ދައުލަތުގެ ނިޒާމު ހަރުދަނާކޮށް ބައްޓަންކުރުމަށް ބާރުއެޅުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކުގެ ދައުރު ހަރުދަނާކުރުމަށްޓަކައި ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އިކުއަލިޓީގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި ޢާއިލާތަކާއި، އާންމުކޮށް ހުރިހާ ރައްޔިތުންނަށް ދޭންޖެހޭ އިޖުތިމާޢީ ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުން.
- އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށާއި، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި، އެ ކުދިންގެ މައިންބަފައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށްޓަކައި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމު ގާއިމުކޮށް، އެ ނިޒާމުގެ ތެރެއިން މިނިސްޓްރީން ކުރުމަށް ކަނޑައަޅާ ކަންކަން ވިލަރެސްކުރުން.
- އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމުގެ ޤައުމީ ނިޒާމުގެ ތެރެއިން މިނިސްޓްރީން ކުރުމަށް ކަނޑައަޅާ ކަންކަން ވިލަރެސްކުރުން.
- އެކި ބާވަތުގެ ހާނިއްކަ އާއި އަނިޔާ (ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އިހްމާލު) ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
- އެކިބާވަތުގެ ހާނިއްކަ އާއި އަނިޔާ (ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އިހްމާލު) ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، މި އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސްކުރުން.
- އަނިޔާގެ ޝިކާރައަކަށްވެގެން ދައުލަތުގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކައް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންތައްތައް ފޯރުކޮށްދިނުން.
- ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ މީހުންނާއި ކުދިން ބެލެހެއްޓުމަށް ބޭނުންވާ މަރުކަޒުތައް ގާއިމުކުރުމާއި، އެ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، އެ މަރުކަޒުތަކުން ޚިދުމަތްފޯރުކޮށްދިނުމުގެ މިންގަނޑުތައް ކަނޑައެޅުން.
- ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ މީހުންނާއި ކުދިން ބެލެހެއްޓުމަށް ގާއިމުކުރާ މަރުކަޒުތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ މީހުންނާއި ކުދިންނަށް އަމިއްލަ ޖަމުޢިއްޔާތައް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، މި ކަންކަން ވިލަރެސްކުރުން.
- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޮނުވާ މީހުންގެ ތެރެއިން މަރުކަޒުކުރެވިގެން ނަފްސާނީ ފަރުވާ ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ އެސެސްމަންޓް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހެދުން.
- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓަންޖެހޭ މީހުން ބެލެހެއްޓުމާއި، އެމީހުންގެ ހާލަތު މޮނިޓަރކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވައިލައި، އަދާހަމަކޮށް ބަލަހައްޓަމުން ގެންދިޔުން.
- ކުއްލި ނުރައްކާތަކާއި ކާރިސާތަކާ ގުޅިގެން ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން. މި ޚިދުމަތް ދިނުމުގައި، އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިސްކަންދެވޭނެ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުން.
- ވަކި ޖިންސެއްގެ މީހަކަށްވީތީ އެމީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ނުވަތަ އަނިޔާއެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި، އެ ޙައްޤަކަށް އުނިކަން ލިބުނު ފަރާތަކަށް އިޖުތިމާޢީ އަދި ޤާނޫނީ ޚިދުމަތް އަދި ހިމާޔަތް ލިބޭނެމަގު ފަހިކޮށްދިނުން.
- އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި، އެ ފަރާތްތަކުގެ ޢާއިލާތަކުގެ ޙައްޤުތަކާއި، އެޙައްޤުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭ އާ މައްސަލަތައް (އިމަރޖިން އިޝޫތައް) ދެނެގަނެ އެމައްސަލަތައް ހައްލުކުރުމަށް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.
- ޢާއިލީ ގުޅުންތައް ހަރުދަނާކޮށް ބަދަހި ޢާއިލާތަކެއް ބިނާކުރުމަށް ޤައުމީ ފެންވަރުގައި ކުރަން ކަނޑައަޅާ މަސައްކަތްތަކުގެ ސިޔާސަތުތައް އެކުލަވައިލައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.
- ޢާއިލީ ގުޅުންތައް ހަރުދަނާކޮށް ބަދަހި ޢާއިލާތަކެއް ބިނާކުރުމަށް ތަފާތު ޕްރޮގްރާމްތައް ރާވާއި، ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން އެފަދަ ޕްރޮގްރާމްތައް ތަންފީޒުކުރުން.
- ޢާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ހުރި ފުރުޞަތުތަކަށް އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މަސައްކަތްކުރުން.
- ޢާއިލީ މައްސަލަތަކާއި އިޖުތިމާޢީ މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް، ފެމިލީ ސަޕޯޓް ހޮޓްލައިނެއް ގާއިމުކުރުން.
- ޢާއިލީ މައްސަލަތަކާއި އިޖުތިމާޢީ މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
- ޢާއިލީ މައްސަލަތަކާއި އެހެނިހެން އިޖުތިމާޢީ މައްސަލަތަކުގައި އަނިޔާ (ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އިހްމާލު) ލިބޭ ފަރާތްތަކަށް، ޤާނޫނުތަކުން ލިބިދޭ ރައްކާތެރިކަމާއި ޙައްޤުތަކުގެ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުން.
- ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތަކުގެ މަޢުލޫމާތާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ލިބެންހުރި ތަފާތު އެހީއާއި ފުރުޞަތުތަކުގެ މަޢުލޫމާތު ޢާއިލާތަކަށް ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުން.
- މުޖުތަމަޢަށް އަންނަ ބަދަލުތަކާ ގުޅިގެން ޢާއިލީ ދިރިއުޅުމާއި ޢާއިލީ ގުޅުންތަކަށް އަންނަ ބަދަލުތައް ދެނެގަނެ، ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަން ދިރާސާކުރުން.
- މިނިސްޓްރީގެ ދާއިރާއިން އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މިފަދަ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ޚިދުމަތްތަކުގެ ފެންވަރާއި، ޚިދުމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، މި ޚިދުމަތްތަކުގެ އަގުތައް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުން.
- އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ގާއިމުކޮށްފައިވާ ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމުޢިއްޔާތަކާ ގުޅިގެން އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށާއި، ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން އުފައްދައި، މިކަންކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވުން.
- މިނިސްޓްރީގެ މަޤްޞަދުތައް ހާސިލުކުރުމަށް ބޭނުންވާ ޕްލޭންތައް އެކަށައެޅުމުގައި ޖެންޑަރ ރެސްޕޮންސިވް ޕްލޭނިންގ އާއި ބަޖެޓް ތައްޔާރުކޮށް، އެ ޕްލޭންތައް ތަންފީޒުވަމުންދާ މިންވަރު ބަލައި، ނަތީޖާ ހާސިލުވާ މިންވަރު ދެނެގަތުން.
- މިނިސްޓްރީގެ މަސައްކަތު ދާއިރާއާ ގުޅޭ ތަފާސްހިސާބު އެއްކުރުމުގެ މިންގަނޑުތައް ކަނޑައަޅައި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަސީލަތްތައް ތަރައްޤީކޮށް، ޑޭޓާބޭސްތައް ގާއިމުކޮށް، އެ ތަފާސްހިސާބުތައް ބަލަހައްޓައި، އެނަލައިޒްކޮށް މަޢުލޫމާތު ހާމަކުރުން.
- ހުރިހާ ދާއިރާއަކުން ތަފާސްހިސާބު އެއްކުރުމުގައި އުމުރާއި، ޖެންޑަރ ޑިސްއެގްރިގޭޓަޑް އަދި އެނޫންވެސް ޑިސްއެގްރިގޭޓަޑް ޑޭޓާ ނެގުމަށް ބާރުއެޅުން.
- މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، ދިރާސާތަކުގެ ފެންވަރާއި، އެތިކްސް ހިފެހެއްޓުމާއި، މި ދާއިރާގައި ދިރާސާކުރުމުގެ މާޙައުލެއް ކުރިއަރުވައި ދިރުވުން.
- އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގައި ފަންނީ މީހުން ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.
- މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް، އެކި ޤައުމުތަކާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި އެހީދޭ ފަރާތްތަކާއި، ޤައުމީ ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށް، އެފަރާތްތަކުގެ ލަފައާއި އެހީ ހޯދުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުން ހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެފަދަ މުޢާހަދާތައް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، އެ ރިޕޯޓްތައް އެކުލަވައިލުމުގެ މަރުޙަލާގައި އިޞްލާޙުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންކަން ކަމާބެހޭ ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.
- ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގައިވާ ގޮތުގެ މަތިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލްގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.
- ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު)ގައިވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.
- ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ދަށުންނެވެ.
- (ހ) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ
- (ށ) ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް
- (ނ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް
- (ނ.1) ފިޔަވަތި
- (ނ.2) "އަމާންވެށި"ތައް
- (ރ) "އަމާން ހިޔާ"ތައް
- (ބ) ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު
- (ޅ) އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތައް
(ހ) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2011/15 (އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
- އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމް ހިންގައި ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައި އެ ސްކީމްގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ޔަގީންކުރުން.
- އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްތައް ހިންގުމާ ގުޅޭގޮތުން، މިނިސްޓަރުގެ ޒިންމާތައްކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާ ގުޅޭގޮތުން ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން.
- އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން.
- މިނޫންވެސް، އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން އެޖެންސީގެ ޒިންމާތައް ކަމަށް ކަނޑައެޅިފައިވާ ކަންކަން ކުރުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުންވެސް، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންކަން ކުރުން.
- ޤާނޫނު ނަންބަރު 2011/15 (އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ބ)ގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
- ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު (ސޯޝަލް ސެކިއުރިޓީ ސިސްޓަމް) ރާވައި ހިންގުން.
- ޞިއްޙީ ޚިދުމަތުގެ ޚަރަދު ހަމަޖައްސައިދޭ ޤައުމީ ނިޒާމެއް (ހެލްތްކެއަރ ފައިނޭންސިންގ ސްކީމް) ގާއިމުކޮށް، ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން.
- ޒަރޫރީ ބޭނުންތައް ފުއްދައިގަނެވޭފަދަ ތަނަވަސްކަން ނެތް، އަޅާލާނެ މީހަކުނެތް މީހުންނާއި، ދައުލަތުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީލިބިދޭނެ ނިޒާމުތައް ރާވައި ހިންގުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ސަރުކާރުން ދޭން ކަނޑައަޅާ މާލީ ޢިނާޔަތްތައް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
- ޤާނޫނު ނަންބަރު 2014/2 (އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން ދޭންޖެހޭ އެހީތައް، އެ އެހީތައް ޙައްޤުވާ ފަރާތްތަކަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
- އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ 14ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.
(ށ) ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ މަސައްކަތްތައް
- އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަތޮޅުގައި ގާއިމުކުރާ ނިޒާމުގެ ދަށުން ރަށު ފެންވަރުގައި ދެވޭ ޚިދުމަތްތައް ބަލައި، މޮނިޓަރކުރުމާއި، އެފަދަ ތަންތަން ހިންގަން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބެލުން.
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ ގޮތުން ކުރެވޭ ކަންތައްތަކުގެ ތަފާސްހިސާބުތަކުގެ ޑޭޓާބޭސްއެއް އަތޮޅު ފެންވަރުގައި ގާއިމުކޮށް ބަލަހައްޓައި، އެކަން ހިނގާ ނުހިނގާގޮތް މިނިސްޓްރީއަށް ގަވާއިދުން ރިޕޯޓްކުރުން.
- އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް އުނިކަން ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ އަދި އިޖުތިމާޢީ ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.
- އެކިބާވަތުގެ ހާނިއްކަ (ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އިހްމާލު) ލިބިފައިވާ އަންހެނުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދިނުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމާއި، އެމަސައްކަތުގެ ރިޕޯޓް ގަވާއިދުން މިނިސްޓްރީ އަށް ހުށަހެޅުން.
- އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާވެރިވުންފަދަ ނޭދެވޭ ޢަމަލުތައް ނައްތާލުމަށް އެކަށައެޅޭ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑު އަތޮޅު ފެންވަރުގައި ހިންގުމަށް އެހީތެރިވުން.
- ޢާއިލީ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެފަދަ ކަންކަން ނައްތާލުމަށް ހެދިފައިވާ އުސޫލުތަކާއި ޤާނޫނުތައް އަތޮޅު ފެންވަރުގައި ތަންފީޒުކުރުމަށް ލަފާދީ ކަމާބެހޭ ދާއިރާތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށް މަސައްކަތްކުރުން.
- މިނިސްޓްރީން ލާމަރުކަޒީ އުސޫލުން ދޭން ކަނޑައަޅާ ޚިދުމަތްތައް އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.
(ނ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސައްކަތްތައް
ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ހ) އިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިން ކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކެވެ.
- އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
- އެހީތެރިކަން ބޭނުންވެފައިވާ ކުޑަކުދިންގެ މަޞްލަޙަތު ހިމާޔަތްކޮށް، ކުރިއެރުވުން.
- ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުން.
- ކުޑަކުދިންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން އަންނަނިވި ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުން:
- ފެމިލީ ކޮންފަރެންސިންގގެ ޚިދުމަތް.
- ކައުންސެލިންގ އަދި ސަޕޯޓް ސަރވިސްގެ ޚިދުމަތް.
- ޤާނޫނީ އެހީތެރިކަން.
- ރީހެބިލިޓޭޝަންގެ ޚިދުމަތް.
- މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް ފަރުވާ ދިނުމާގުޅޭ ކަންކަން، ނޭޝަނަލް ޑްރަގް އޭޖެންސީއާ ގުޅިގެން ވިލަރެސްކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންނާ ގުޅޭގޮތުން މިނިސްޓަރު ކުރަންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ޢަމަލީގޮތުން ކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓަރ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނާއި ފޮސްޓަރކުރެވޭ ކުދިންނާ ގުޅޭގޮތުން އެކި ދާއިރާތަކުގެ މެދުގައި އެއްބާރުލުން ގާއިމުކުރުމާއި، އެ އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
- ކުޑަކުދިންގެ ތެރެއިން އެހީތެރިކަން ބޭނުންވެފައިވާ ކުދިންގެ ބޭނުންތަކަށް އަމާޒުކޮށްގެން އެ ކުދިންނަށް ބޭނުންވާ އެހީ ނުވަތަ ޚިދުމަތްތައް ފޯރުކޮށްދިނުން.
- އަންނަނިވި ކަންކަމާގުޅޭ މަޢުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން:
1. ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ ކުދިންގެ މަޢުލޫމާތު.
2. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މަޢުލޫމާތު.
3. ފޮސްޓަރކުރުމަށް ކަނޑައެޅޭ ކުދިންނާއި ފޮސްޓަރކެއަރގައި ތިބޭ ކުދިންގެ މަޢުލޫމާތު.
4. ކުޑަކުދިން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކުގެ މަޢުލޫމާތު.
5. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުގެ މަޢުލޫމާތު.
6. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ އެނޫންވެސް މަޢުލޫމާތު. - ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ދިރާސާތައް ކުރުން.
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ރާވައި، ހިންގުމަށާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުމަށްޓަކައި ބޭނުންވާ ތަފާސްހިސާބުތައް އެއްކުރުމާއި އާންމުކުރުން. މިގޮތުން ކުދިންގެ އުމުރާއި، ޖިންސާއި، ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށާއި، ކުދިން ދިރިއުޅެމުންދާ ނުވަތަ ނިސްބަތްވާ ޖިއޯގްރަފިކް ސަރަހައްދުތަކާއި، އިޖުތިމާޢީ އަދި އިޤުތިޞާދީ ހާލަތްތަކަށް ބަލައި، ޑިސްއެގްރިގޭޓަޑް ޑޭޓާ ނުވަތަ ތަފުސީލީ ތަފާސްހިސާބުތައް އެއްކޮށް، އާންމުކުރުން.
(ނ.1) "ފިޔަވަތި" ގެ މަސައްކަތްތައް
- ކުޑަކުދިންގެ ތެރެއިން ތިރީގައި މިވާ ހާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
- (ހ) މައިންބަފައިން، ބެލެނިވެރިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެ، ރައްކާތެރި މާޙައުލެއް ފޯރުކޮށްނުދެވޭ ޙާލަތްތައް މެދުވެރިވެފައިވާ ކުޑަކުދިންނާއި، މައިންބަފައިންނާއި، ބެލެނިވެރިން އިހުމާލުވެގެން ނުވަތަ އަނިޔާއެއް ކޮށްގެން، ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިން.
- (ށ) ޤާނޫނީ ކުށެއްގެ ސަބަބުން ޙުކުމް ތަންފީޛުކުރުމަށްޓަކައި މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ޖަލުގައި ޙުކުމް ތަންފީޛުކުރަން ދާންޖެހުމާ ގުޅިގެން، އެފަދަ މީހުންގެ ކުދިން.
- (ނ) ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، އެކުއްޖާގެ ބަލީގެ ސަބަބުން ޢާއިލާގެ ތެރޭގައި އަދި މުޖުތަމަޢުގެ ތެރޭގައި ނުގެންގުޅެވޭ ވަރަށް ބަލި ޙާލަތު ގޯސްވެ އެކުއްޖާގެ ފަރާތުން ބަޔަކަށް ނުރައްކާވެދާނެ ފަދަ ޢަމަލުތައް ނުވަތަ އަމިއްލަ ނަފްސަށް ނުރައްކާވެދާނެ ޢަމަލުތައް ކުރާ ކުއްޖެއް.
- (ރ) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ނުބަލާ ދޫކޮށްލާ ކުދިން.
- (ބ) ގެވެށި އަނިޔާގެ މައްސަލަތަކުގައި ވަގުތީ ރައްކާތެރިކަން ބޭނުންވާ ކުދިން.
- (ޅ) އެހެން ފަރާތެއް ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް ޢުޛުރުވެރިވާ ނުވަތަ ނުކުޅެދިފައިވާ ޝަރުޢީ ބަލަދުވެރިއެއްގެ ބެލުމުގެ ދަށުގައިވާ ކުދިން.
- (ކ) ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅާލާނެ މީހަކު ނެތް ކުދިން.
- (އ) އެހެން ޤާނޫނެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކުދިން.
- މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޙައްޤުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.
- މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.
(ނ.2) "އަމާންވެށި" ތަކުގެ މަސައްކަތްތައް
- ކުޑަކުދިންގެ ތެރެއިން ތިރީގައި މިވާ ހާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
- (ހ) މައިންބަފައިން، ބެލެނިވެރިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެ، ރައްކާތެރި މާޙައުލެއް ފޯރުކޮށްނުދެވޭ ޙާލަތްތައް މެދުވެރިވެފައިވާ ކުޑަކުދިންނާއި، މައިންބަފައިންނާއި، ބެލެނިވެރިން އިހުމާލުވެގެން ނުވަތަ އަނިޔާއެއް ކޮށްގެން، ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިން.
- (ށ) ޤާނޫނީ ކުށެއްގެ ސަބަބުން ޙުކުމް ތަންފީޛުކުރުމަށްޓަކައި މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ޖަލުގައި ޙުކުމް ތަންފީޛުކުރަން ދާންޖެހުމާ ގުޅިގެން، އެފަދަ މީހުންގެ ކުދިން.
- (ނ) ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، އެކުއްޖާގެ ބަލީގެ ސަބަބުން ޢާއިލާގެ ތެރޭގައި އަދި މުޖުތަމަޢުގެ ތެރޭގައި ނުގެންގުޅެވޭ ވަރަށް ބަލި ޙާލަތު ގޯސްވެ އެކުއްޖާގެ ފަރާތުން ބަޔަކަށް ނުރައްކާވެދާނެ ފަދަ ޢަމަލުތައް ނުވަތަ އަމިއްލަ ނަފްސަށް ނުރައްކާވެދާނެ ޢަމަލުތައް ކުރާ ކުއްޖެއް.
- (ރ) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ނުބަލާ ދޫކޮށްލާ ކުދިން.
- (ބ) ގެވެށި އަނިޔާގެ މައްސަލަތަކުގައި ވަގުތީ ރައްކާތެރިކަން ބޭނުންވާ ކުދިން.
- (ޅ) އެހެން ފަރާތެއް ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް ޢުޛުރުވެރިވާ ނުވަތަ ނުކުޅެދިފައިވާ ޝަރުޢީ ބަލަދުވެރިއެއްގެ ބެލުމުގެ ދަށުގައިވާ ކުދިން.
- (ކ) ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅާލާނެ މީހަކު ނެތް ކުދިން.
- (އ) އެހެން ޤާނޫނެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކުދިން.
- މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޙައްޤުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.
- މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.
(ރ) "އަމާން ހިޔާ" ތަކުގެ މަސައްކަތްތައް
- ގެވެށިއަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުން.
- ގެވެށިއަނިޔާގެ ޝިކާރައަކަށްވެގެން އަމާން ހިޔާތަކަށް ގެނެވޭ ފަރާތްތަކަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ، އިންސާނީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނޭ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ އާންމު ހާލަތައް ރުޖޫޢަވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަގުފަހި ކޮށްދިނުން.
- ގެވެށިއަނިޔާގެ ޝިކާރައަކަށްވެގެން އަމާން ހިޔާތަކަށް ގެނެވޭ ފަރާތްތަކުގެ ތެރެއިން ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން.
(ބ) ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒުގެ މަސައްކަތްތައް
- ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.
- މުޖުތަމަޢާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކޮމިއުނިޓީ އައުޓްރީޗް ޚިދުމަތްތައް ދިނުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ހިންގުމާއި އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.
- މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވޭދަނައިގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދިނުން.
- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ފުރިހަމަ ކުރުމަށްފަހު މުޖުތަމަޢަށް އަނބުރާ ރުޖޫޢަކުރުމަށް ގެނެވޭ ފަރާތްތަކަށް ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގުރާމު ހިންގުން.
- މާލޭ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން) ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް، ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެފަރާތްތައް މުޖުތަމަޢަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ވޭދަނައިގެ މަސައްކަތް ކުރުން.
- ދައުލަތުން ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން މާލޭ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން) ގައި ބައިތިއްބައިގެން ޚިދުމަތް ދޭންޖެހޭ ފަރާތްތައް ވަގުތީގޮތުން ބެލެހެއްޓުން.
- މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ގޮތެއް ނިމެންދެން އެފަރާތްތައް ވަގުތީގޮތުން ބެލެހެއްޓުން.
- އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެށިތަކާއި އަމާން ހިޔާތަކުގައި ބަލަހައްޓާ ކުދިންގެ ތެރެއިން އެކި ބޭނުންތަކަށް މާލެ ގެންނަ ކުދިން ވަގުތީގޮތުން ބެލެހެއްޓުން.
(ޅ) އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކުގެ މަސައްކަތްތައް
މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި، އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުތައް ހަމަޖައްސައިދިނުން.
އިސްރަށްވެހިންނަށް ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ޕްރޮގުރާމުތައް ރާވައި ހިންގުން.
އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށާއި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ހޭލުންތެރިކުރުމަށާއި، ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަން އިތުރުކުރުމަށް ޕްރޮގުރާމުތައް ރާވައި ހިންގުން.
އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ފޯރުކޮށްދޭ އާންމު ޚިދުމަތްތައް ހޯދުމުގައި ބޭނުންވާ އެހީތެރިކަން އިސްރަށްވެހިންނަށް ފޯރުކޮށްދިނުން.


